ޑްރަގު ބޭނުންކުރާ ދަރިއަކު، ބައްޕަގެ ހެކިބަހާއެކު އުމުރަށް ޖަލަށް

ފުލުހުން ހިންގި ޑުރަގު އޮޕަރޭޝަނެއްގެ ތެރެއިން: --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތި ބޭނުންކުރާ ދިވެހި ފިރިހެނަކާ ދެކޮޅަށް އޭނާގެ ބައްޕަ ދިން ހެކިބަހާއެކު، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިއީ ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި ހާދިސާއަކާ ގުޅޭ ކޭސްއެކެވެ. އުތުރުގެ މި ރަށުގައި، 2023 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އަމިއްލަ ގޭން ހައްޔަރު ކުރި ދަރިއާ ދެކޮޅަށް އޭނާގެ ބައްޕަ ހެކިބަސް ދިނެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ މި ދައުވާގެ ހުކުމް، މި ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއެކު ފުލުހުން މި މައްސަލައިގައި ދައުވާ ލިބޭ މީހާގެ ގެއަށް ދިޔައީ ކޯޓު އަމުރެއްވެސް ހޯދައިގެންނެވެ. އެ ކޯޓު އަމުރުގެ ދަށުން އެ ގެ ބަލައި ފާސްކުރިއިރު، ދައުވާ ލިބޭ މީހާ އުޅުނު ކޮޓަރިން، މަސްތުވާތަކެތި ފެނުނެވެ. އަދި އެ މީހާ، މަސްތުވުމަށް، "ހަކުރު" ބޯ ކަމަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް އުފުލާފައުވަނީ ޓްރެފިކިންގެ ދައުވާއެވެ.

ޝަރިއަތުގައި، ދައުވާ ލިބޭ މީހާވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތު ކުރީ ދައުލަތުން ހުށަހެޅި ހެކީގެ އަލީގައެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ދައުވާ ލިބޭ މީހާގެ ބައްޕަވެސް ހިމެނެއެވެ.

މި މައްސަލައިގައި ހެކިބަސް ދިން މީހުންގެ ތެރޭގައި ދައުވާ ލިބުނު މީހާގެ ބައްޕަގެ އިތުރުން، އޭނާގެ ކޮއްކޮއާއި އޭނާގެ ޅިޔަނާއި ފަހަރި ހިމެނެއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މަސްތުވާތަކެތި ފެނުނު، ދައުވާ ލިބުނު މީހާ ދިރިއުޅޭ ކޮޓަރި ހުޅުވަން ފުލުހުންނަށް އެހީތެރިވެދިނީވެސް އޭނާގެ ބައްޕައެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ދައުވާ ލިބުނު މީހާގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅޭ އިތުރު ހަތަރު މައްސަލައެއްގެ ދައުވާ މިހާރުވެސް ކުރިއަށް އެބަދެއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ. ބާރަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކަން އަމުރުކޮށްފައިވާއިރު، މައްސަލައިގައި ދައުވާ ލިބުނު މީހާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބަކީ 24 އަހަރާއި 11 މަހާއި އެއް ދުވަސް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

އުތުރުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގައި ދިވެހި ފިރިހެނެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި އެކު 100،000 ރުފިޔާގެ ޖޫރިމަނާއެއް އިއްވައިފިއެވެ. މި މައްސަލަ ޝަރީއަތުގައި ސާބިތުކޮށްފައިވަނީ ދައުވާ ލިބޭ ފަރާތުގެ އަމިއްލަ ބައްޕައާއި އާއިލާގެ އެހެން މެމްބަރުން ދިން ހެކިބަހުގެ މައްޗަށް ބިނާކޮށެވެ. މިއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުށްކުރާ ފަރާތްތަކާ ދެކޮޅަށް އާއިލާތަކުން ފުލުހުންނަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން އަންގައިދޭ މައްސަލައެކެވެ. 2023 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އޭނާގެ ކޮޓަރިން މަސްތުވާތަކެތި ފެނިފައިވެއެވެ. އޭނާ ކުށަށް އިންކާރުކުރި ނަމަވެސް، ފުލުހުންނަށް ކޮޓަރި ހުޅުވުމުގައި އެހީތެރިވެދީ، ޝަރީއަތުގައި އޭނާއާ ދެކޮޅަށް ހެކިބަސް ދީފައިވަނީ އޭނާގެ ބައްޕައެވެ.

  • ކުށް ސާބިތުވި ފަރާތް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
  • ފުލުހުންނަށް ކޮޓަރި ހުޅުވުމުގައި އެހީތެރިވެ، ކޯޓުގައި ދަރިފުޅާ ދެކޮޅަށް ހެކިބަސް ދީފައިވަނީ އޭނާގެ އަމިއްލަ ބައްޕައެވެ.
  • މި މައްސަލައިގައި އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
  • ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ދެން ތަންފީޒުކުރަން ޖެހެނީ 24 އަހަރާއި 11 މަހާއި 1 ދުވަހުގެ ޖަލު ހުކުމެކެވެ.
  • މީގެ އިތުރުންވެސް މަސްތުވާތަކެއްޗާ ގުޅޭ 4 މައްސަލައެއް އޭނާގެ މައްޗަށް ކޯޓުގައި ކުރިއަށް އެބަދެއެވެ.
  • މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް އާއިލާގެ އެއްބާރުލުމާއި ހެކިބަސް މުހިންމު ދައުރެއް އަދާކުރެއެވެ.
  • ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތާއި ކޯޓު އަމުރުގެ ދަށުން ހިންގާ އޮޕަރޭޝަންތަކުން ކުށްވެރިން ހޯދައި ފިޔަވަޅު އެޅެއެވެ.
  • ޑައިމޯފިން ޓްރެފިކްކުރާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ހަރުކަށި އަދަބުތައް ކަށަވަރުވެގެން ދެއެވެ.
comment ކޮމެންޓް