އެފްއެސްއެމްގެ ބާޖުން ތެލުގެ ވިޔަފާރި އޮޅުވާލި މީހާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް: ހައިކޯޓު

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ "ބޮލިކެ ބާޖު" --

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ "ބޮލިކެ ބާޖު" އުޅަނދުން ތެޔޮ ޑެލިވަރީ ކުރިއިރު އޮޅުވާލި މުވައްޒަފު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ބޮލިކެ ބާޖުގެ ތެލުގެ ވިޔަފާރި އޮޅުވާލި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައި ވަނީ މެދު ރާއްޖޭތެރޭގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.

ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން އެފްއެސްއެމްގައި އުޅުނު އެ މީހާ، އެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހެވެ.

ވަޒީފާއިން ވަކިކުރުމުން އެ މީހާ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ އިދާރާއިން ވަނީ އޭނާ ވަޒީފާއިން ވަކިކުރީ، މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމެއްނެތި ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާދޭން އަމުރުކޮށްފައެވެ.

އެކަމަކު، އެފްއެސްއެމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށްފައެވެ.

ހައިކޯޓުން ކުރި ހުކުމުގައި ވަނީ ދައުވާ ލިބޭ މީހާ، ވަޒީފާއަދާ ކުރުމުގައި އިހުމާލުވެ، ޚިޔާނާތްތެރިވެފައިވާކަން އެނގޭކަމަށް ބުނެފައެވެ. އަދި އެ ފަދަ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އޭނާގެ ސަބަބުން ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށާއި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުފެންނަ ކަމަށް ކަނޑައަޅައިފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެލީ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން މަޒީދު އަދި މުޙައްމަދު ޝަނީޒް ޢަބްދުﷲ އެވެ. ހުކުމް ކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅުނީ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެހެންކަމުން މި މައްސަލަ ނިމުނީ ގާތްގަނޑަކަށް ފަސް އަހަރުންނެވެ.

އެފްއެސްއެމްގެ "ބޮލިކެ ބާޖު" ން ތެޔޮ ޑެލިވަރީކުރުމުގައި އޮޅުވާލިކަމުގެ ތުހުމަތުގައި 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް އަލުން ވަޒީފާދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރިން އޮތީ އަމުރުކޮށްފައެވެ. ނަމަވެސް، އެފްއެސްއެމުން މި މައްސަލަ އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށްފައެވެ. ހައިކޯޓުން ނިންމެވީ، އެ މުވައްޒަފަކީ ވަޒީފާގެ މަސްއޫލިއްޔަތަށް އިހުމާލުވެ ޚިޔާނާތްތެރިވެފައިވާ މީހެއްކަމަށްވާތީ، އޭނާ ވަޒީފާގައި ބެހެއްޓުމަކީ ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަމެއް ކަމަށެވެ. މިއީ ގާތްގަނޑަކަށް ފަސް އަހަރުން ނިމުނު މައްސަލައެކެވެ.

  • ވަޒީފާއިން ވަކިކުރީ އެފްއެސްއެމްގެ ބާޖުން ތެޔޮ ޑެލިވަރީކުރުމުގައި މަކަރުހަދައި އޮޅުވާލި މުވައްޒަފެކެވެ.
  • ޓްރައިބިއުނަލުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް އެންގި އެންގުން ހައިކޯޓުން ވަނީ މުޅިން ބާތިލުކޮށްފައެވެ.
  • މުވައްޒަފުގެ އިހުމާލާއި ޚިޔާނާތް ސާބިތުވާކަމަށް ހައިކޯޓުގެ ނިންމުމުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
  • ޚިޔާނާތްތެރިވާ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަކީ ކުންފުންޏަށް ގެއްލުންވާނެ ކަމެއްކަން ކޯޓުން ފާހަގަކުރިއެވެ.
  • މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ފުރިހަމަ އިއްތިފާގުންނެވެ.
  • ޚިޔާނާތްތެރިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ކުންފުނިތަކަށް އޮތްކަން ކަށަވަރުވުން.
  • ކުންފުންޏަށް ގެއްލުންވެދާނެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުއެޅުމުގެ މުހިންމުކަން.
  • ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފުކުރުމުން މަތީ މަރުހަލާގެ ކޯޓުތަކުން އިންސާފު ގާއިމުކޮށްދިނުން.
comment ކޮމެންޓް