ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި

ޗާންދަނީ މާގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި: ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި -- ފޮޓޯ: އެމްޓީސީސީ

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކުރުމުން ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވާތީ އެ ޝަކުވާ އަންނަނީ ކުރަމުންނެވެ.

'ސަން' އިން ސުވާލުކުރުމުން ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވާތީ ޓްރެފިކް ޕޮލިހުންގެ ފަރާތުން އެދުމުން ކަމަށެވެ.

މި ބަދަލާއެކު އޯކިޑު މަގުން ނިކުމެ، ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ނިކުމެވެއެވެ.

މި ބަދަލު ގެނެސްފައި ވަނީ ބޭރުމަގުގެ މަސައްކަތް ނިމި މިހާރު ބަންދުކޮށްފައިވާ ސަރައްދު ހުޅުވުމުގެ ނިޔަލަށެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ފެށީ ނިމުނު މާޗު މަހުގެ 23 ވަނަ ދުވަހުގައެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ވަނީ މަގު ފުޅާކުރުމުގެ މަސައްކަތް ނިންމާ އަންނަ ޖުލައި 26ގެ ކުރިން އެ މަގު ހުޅުވާލެވޭނެ ކަމަށް ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސާފައެވެ. މި ބަދަލު ގެނެސްފައިވަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކުރުމާ ގުޅިގެންނެވެ. އެ ސަރަހައްދު ބަންދުކުރުމުން އާންމުންނަށް ދިމާވި ދަތިތަކާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އެދިގެން ގެނައި މި ބަދަލުގެ ދަށުން، މިހާރު އޯކިޑު މަގުން ނުކުމެ ޗާންދަނީ މަގު މެދުވެރިކޮށް ބޮޑުތަކުރުފާނު މަގަށް ދެވޭނެއެވެ. މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ. މަގު ފުޅާކުރުމުގެ މަސައްކަތް ނިންމައި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދު އަލުން ހުޅުވާލެވޭނެ ކަމަށް އެމްޓީސީސީއިން ވަނީ ލަފާކޮށްފައެވެ. މި ގެނެވުނު ވަގުތީ ބަދަލު ދެމިއޮންނާނީ މަގު ހަދައި ނިމެންދެންނެވެ.

  • ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީގޮތުން ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކުރުން.
  • މި ބަދަލު ގެނައީ ބޮޑުތަކުރުފާނު މަގު ބަންދުކުރުމުން ދިމާވި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ޓްރެފިކް ފުލުހުން އެދިގެން.
  • އޯކިޑު މަގުން ނުކުމެ، ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް މިހާރު ދަތުރުކުރެވޭނެ.
  • މަގު ހެދުމުގެ މަސައްކަތް ޖުލައި 26 ގެ ކުރިން ނިންމައި މަގު ހުޅުވާލުމަށް ވަނީ އަމާޒުހިފާފައި.
  • ވަގުތީ ޓްރެފިކް ބަދަލު އުވާލާނީ ބަންދުކޮށްފައިވާ ސަރަހައްދު އާންމުކޮށް ހުޅުވާލުމުން.
comment ކޮމެންޓް