ސިނގިރޭޓް ވައްކަން: ދިގަލި އަދި އާއްޓޭ ތުހުމަތުތަކަށް އިންކާރުކޮށްފި

(ވ) ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) --

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ވިޔަފާރިވެރިން ކަމަށްވާ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެ ދެ މީހުން އިންކާރުކޮށްފިއެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.

ވައްކަން ރާވާ ހިންގަން މޭސްތިރިންގެ ގޮތުގައި ތިބި ކަމަށް ތުހުމަތުވާ ދިގަލި، އާއްޓޭ އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ދައުވާއެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ އޮތީ ކޮށްފައެވެ. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ދައުވާއެވެ.

އަދި މި ކޭސްގައި ހިމެނޭ ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ދައުވާ އެވެ. މި އެންމެންގެ ތެރެއިން ދެ މީހަކުވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އެދި ހުށަހަޅައިފައެވެ.

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އާދިއްތަ ދުވަހު، ކްރިމިނަލް ކޯޓުގައި އޮތް ޝަރިއަތުގައި ދިގަލި އަދި އާއްޓޭވެސްވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ އަޑު އެހުން މީގެ މަހެއްހާ ދުވަސް ކުރިން ފެށިފައިވާއިރު، އަދި ކުރިއަށް ދަނީ އިބްތިދާއީ އަޑު އެހުމުގެ ބައެވެ. މި މައްސަލައިގައި ދިގަލި އަދި އާއްޓޭވެސް ކުރިން ހައްޔަރު ކުރިއެވެ. އެކަމަކު ފަހުން އެ މީހުން ދޫކޮށްލީއެވެ. ޕީޖީން ކުރިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށް ބެހެއްޓުމަށް ފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސްގެން ކަމަށެވެ. އެ ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކަސްޓަމްސްއިން ހިފަހައްޓާފައިވާ 13.6 މިލިއަން ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ 10 މީހުންގެ ތެރޭގައި ހިމެނޭ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު ކްރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރުކޮށްފިއެވެ. މި ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނަމަވެސް، މި އަމަލުގައި ސީދާގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ، ޝަރުތުތަކަކާއެކު މި ދެމީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

  • ވަގަށް ނަގާފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރެވެ.
  • ވައްކަން ކޮށްފައިވަނީ އަސްލު ކޮންޓެއިނަރުތަކާ އެއްގޮތަށް އިތުރު ދެ ކޮންޓެއިނަރު ތައްޔާރުކޮށް، އެތަކެތި ބަދަލުކޮށްގެންނެވެ.
  • މި މައްސަލައިގައި ކަސްޓަމްސްއާއި އެމްޕީއެލްގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.
  • ދައުވާ ލިބޭ މީހުންގެ ތެރެއިން ދެ މީހަކު ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައެވެ.
  • ވަގަށް ނެގި ކޮންޓެއިނަރުތައް ތިލަފުށްޓަށް ގެންގޮސް ފަޅާލައި ހަލާކުކޮށްލާފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.
  • ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ވަނީ އޮޅުވާލުމަށްޓަކައި ބަދަލުކޮށްފައެވެ.
  • 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި އާއްޓޭ އަދި ދިގަލި ވަނީ ކޯޓުގައި ދައުވާއަށް އިންކާރުކޮށްފައެވެ.
  • ކުށުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ނެތުމުގެ ސަބަބުން އެ ދެމީހުން ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ.
  • މައްސަލައިގައި ތުހުމަތުކުރެވޭ 10 މީހުންގެ ތެރެއިން 2 މީހަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ.
  • ވައްކަން ހިންގާފައިވަނީ ކޮންޓެއިނަރުތަކެއް އޮޅުވާލައި، ބަދަލުކޮށްގެންކަން ތަހުގީގަށް ވަނީ ހޯދިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު