ސެންޓާ އެންޓަޕްރައިސަސްގެ 32 މިލިއަން ރުފިޔާ ހިފަހައްޓަން ހައިކޯޓުގެ އަމުރެއް

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން، ސެންޓާ އެންޓަޕްރައިސަސްއަށް ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ ސިވިލް ކޯޓުގައި ހިފަހައްޓާފައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މިއީ، މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ އެދުމަށް، ސެންޓާ އެންޓަޕްރައިސަސްއިން ފޯރުކޮށްދިން ކަޅުހަންތަކަކާ ގުޅޭ މައްސަލައެކެވެ. އެ ކަޅުހަންތަކާ ގުޅިގެން، ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގައި، އެ ފައިސާ ދޫކުރަން ސިވިލް ކޯޓުން އޮތީ މިދިޔަ އަހަރުގެ ތެރޭގައި ހުކުމްކޮށްފައެވެ.

އެކަމަކު، އެ ފައިސާ ދޫނުކޮށް ދައުލަތުން މައްސަލަ ހައިކޯޓަށް ހުށަހެޅީއެވެ. ހައިކޯޓުން މި މައްސަލައިގައި މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ، އެ ފައިސާ ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށެވެ.

މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި އޮތީ ޚިޔާލު ތަފާތުވެފައެވެ. މައްސަލަ ބަލާ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު އަމުރުގައި، ފައިސާ ސިވިލް ކޯޓުގައި ހިފަހައްޓަން އަމުރުކޮށްފައިވާއިރު، އަނެއް ފަނޑިޔާރުގެ ރައުޔަކީ ދައުލަތުން އެދުނު ގޮތަށް، އެ ފައިސާއާ ގުޅޭ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމެވެ. އެއީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްގެ ރައުޔެވެ.

ސިވިލް ކޯޓުގައި ފައިސާ ބަހައްޓަން އަމުރު ނެރުނީ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އަދި ފާތިމަތު ފަރުހީޒާއެވެ.

ތިރީސް ދެ މިލިއަން ރުފިޔާގެ މައްސަލައިގައި ހައިކޯޓުގެ އަމުރެއް މިއަދު ނެރުނު އިރު، ހެލްތު މިނިސްޓްރީއަށް މެޑިކަލް އިކުއިޕްމެންޓާއި ކޮންޒިއުމަބަލްސް ސަޕްލައިކުރިކަން ސާބިތުކޮށް އެއަށްވާ ފައިސާ ހޯދުމަށް ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅި ކަމަށް ބެލެވޭ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މީގެ ކުރިންވަނީ ޕޮލިހަށް ހުށަހަޅާފައެވެ. އެއީ، ހެލްތު މިނިސްޓްރީ އަށް 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، މެޑިކަލް އިކްއިޕްމެންޓާއި ކޮންޒިއުމަބަލް ސަޕްލައިކޮށްދީގެން ލިބެން ޖެހޭ ކަމަށް ބުނާ 79 މިލިޔަން ރުފިޔާ ހޯދަން އެ ކުންފުނިން 2022 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓަށް ސެންޓާ އެންޓަޕްރައިސަސްއިން ފޯރުކޮށްދިން ކަޅުހަންތަކަކާ ގުޅިގެން ލިބެންޖެހޭ 32 މިލިއަން ރުފިޔާ ދޫކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ދައުލަތުން ވަނީ އެދިފައެވެ. މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، މައްސަލަ ނިމެންދެން އެ ފައިސާ ސިވިލް ކޯޓުގައި ހިފަހައްޓާފައި ބެހެއްޓުމަށެވެ. މީގެ އިތުރުން، އެ ކުންފުނިން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ 79 މިލިއަން ރުފިޔާގެ އެހެން މައްސަލައެއްގައި ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވި، ބަންޑާރަނައިބުގެ އޮފީހުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

  • ދައުލަތުން ސެންޓާ އެންޓަޕްރައިސަސްއަށް ދޭންޖެހޭ 32 މިލިއަން ރުފިޔާ ސިވިލް ކޯޓުގައި ހިފެހެއްޓުމަށް ހައިކޯޓުން އަމުރުކުރުން.
  • މިއީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅުހަންތަކަކަށް ފައިސާ ހޯދުމަށް ކުރި ދައުވާއަކާ ގުޅޭ މައްސަލައެއްކަން.
  • ހައިކޯޓުގެ އަމުރު ނެރެފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންކަން.
  • ސެންޓާ އެންޓަޕްރައިސަސްއިން ހެލްތު މިނިސްޓްރީއާ ދެކޮޅަށް ކުރާ 79 މިލިއަން ރުފިޔާގެ ދައުވާއެއްގައި ފޯޖަރީގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ދިއުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު