އަމާޒަކީ، 2028ގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން: ސައީދު

މިނިސްޓަރު ސައީދު ބަޔަކާ ވާހަކަދައްކަވަނީ: ވިދާޅުވީ، އަމާޒަކީ، 2028ގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ، 2028ގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރުގެ ހައްލެއް ހޯދައިދިނުން ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވިލިމާލެއަށް ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މި ސަރަހައްދުގެ ދަތުރުފަތުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން، އެ ކަމާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އިދާރާތަކާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާ ކަންކަމުގެ ތެރޭގައި ވެހިކަލް ތޮއްޖެހުމާއި ޕާކިންއާއި ވެހިކަލް ރަޖިސްޓްރީގެ މައްސަލަ ހިމެނޭކަން ސައީދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމާ ގުޅޭ ތަފުސީލީ ޕްލޭނެއް އާންމު ކުރައްވާނެއެވެ.

މާލޭގެ މަގުމަތި: އަމާޒަކީ، 2028ގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި --- ސަން ފޮޓޯ

"މިހާރު ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެނަށް ދެއްވާފައިވާ އިރުޝާދަކީ މުޅި މި ގްރޭޓާ މާލެއަށް ވަށާ ޖެހޭ ޚިދުމަތެއް ގާއިމުކުރުމަށްޓަކައި މި ކަމާ ގުޅޭ އިދާރާތަކާ ވާހަކަދައްކައިގެން 2028ގެ ކުރިން ހައްލެއް... މީގެކުރިން ހޯދިފައި ނެތް ކަންކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރުގެ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ދެނެގަތުން," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، މާލެ ސަރަހައްދަށް އެކަށީގެންނުވާ އަދަދަށް މި ސަރަހައްދުގައި ވެހިކަލް ގެންގުޅެއެވެ. އެހެންވެ، މަގުތަކުގައި ޓްރެފިކްގެ މައްސަލަ ބޮޑުވެ، މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކާ ކުރިމަތިވެއެވެ. އެއާއެކު، ޕާކު ކުރާނެ ޖާގަ ނެތުމަކީ ވެސް މި ސަރަހައްދަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ. އިޤުތިޞާދީ އަދި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ވެހިކަލް ތޮއްޖެހުމާއި، ޕާކުކުރާނެ ޖާގަ ނެތުމާއި އަދި ވެހިކަލް ރަޖިސްޓްރީކުރުމުގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމެވެ. މި ކަންކަމާ ގުޅޭ ތަފުސީލީ ޕްލޭނެއް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

  • 2028 ވަނަ އަހަރުގެ ކުރިން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަމާޒުހިފުން.
  • ވެހިކަލް ގިނަވެ ތޮއްޖެހުމާއި ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
  • ވެހިކަލް ރަޖިސްޓްރީކުރުމުގެ ކަންކަން ހަރުދަނާކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކުރުން.
  • މުޅި މާލެ ސަރަހައްދަށް އަމާޒުކޮށްގެން އެކުލަވައިލާ ތަފުސީލީ ޕްލޭނެއް ކުރިއަށް އޮތް ތަނުގައި އާންމުކުރުން.
comment ކޮމެންޓް