އިނާޔަތްތަކާއެކު އެޗްޑީސީން ވެސް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރާއި އިސްވެރިން -- ފޮޓޯ: އެޗްޑީސީ

އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން އިއްޔެ މުވައްޒަފުންނަށް މެމޯއެއް މެދުވެރިކޮށް އެންގި ގޮތުގައި މި ފުރުސަތު ހުޅުވާލާފައިވަނީ ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، ރިޓަޔާމަންޓް ޕޮލިސީއާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް ކުންފުނީގެ ބޯޑުން މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

https://www.sun.mv/223086

އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މައިގަނޑު ދެ ގޮތަކަށް ފުރުސަތު ލިބޭނެ ކަމަށް އެ މެމޯގައި ބަޔާންކޮށްފައިވެއެވެ.

ފުރަތަމަ ގޮތަކީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމެވެ. މިގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް، އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ދެވަނަ ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަވުމެވެ. މި ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަޤާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި، ޝަރުތުތައް އަދި އެދި ހުށަހަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މެމޯގައި ބުނެފައިވެއެވެ.

އެކި ސަރުކާރުތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވާ, އެޗްޑީސީން މި ފިޔަވަޅު އަޅާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އެންގި އެންގުމާއި، ހަރަދު ކުޑަކުރުމަށް އެންގި އެހެން ސާކިއުލާތަކާ ހަވާލާދިނުމަށް ފަހުއެވެ.

ޕީސީބީން އެ ގޮތަށް އެންގީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައި ވަނިކޮށެވެ.

މީގެ ކުރިން ދަރަނިވެރިވެފައިވާ ފެނަކައިން ވެސް ވަނީ ހަތަރު މަހުގެ މުސާރަ ލިބޭގޮތަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެކަމަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮނިގަނޑު އަލުން ތަރުތީބުކުރުމުގެ މަސައްކަތުގެ ތެރެއިން، މުވައްޒަފުންނަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. މިގޮތުން ކުންފުނީގެ ބޯޑުން ރިޓަޔާމަންޓް އަދި ރިޑަންޑަންސީ އުސޫލުތަކަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ފިޔަވަޅަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާ އެންގުމާ ގުޅިގެން އެޗްޑީސީން އެޅި ފިޔަވަޅެކެވެ. މީގެ ކުރިން ފެނަކައިންވެސް ވަނީ މިފަދަ ފުރުސަތެއް މުވައްޒަފުންނަށް ދީފައެވެ.

  • އަމިއްލައަށް އެދިގެން ރިޑަންޑަންޓްވާ މުވައްޒަފުންނަށް ފުރިހަމަ ސެވަރެންސް ޕެކޭޖެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  • ޝަރުތު ހަމަވާ ފަރާތްތަކަށް ހިދުމަތުގެ މުއްދަތާއި މަޤާމަށް ބަލައި އެއްފަހަރާ ދެވޭ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެއެވެ.
  • މިކަމާ ގުޅޭ ޝަރުތުތަކާއި ސުންގަޑިތަކުގެ ތަފްސީލު އެޗްޑީސީގެ ހިއުމަން ރިސޯސް އަދި ޑިޕާޓްމަންޓްތަކުގެ އިސްވެރިން މެދުވެރިކޮށް ލިބޭނެއެވެ.
  • މިއީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ޕީސީބީން އެންގި އެންގުމާ އެއްގޮތަށް ހަރަދު ކުޑަކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
comment ކޮމެންޓް