މީދޫ ކައުންސިލް ރައީސް ހޮވުން: 4 ގަޑިއިރުތެރޭ 49 އިންސައްތަ މީހުން ވޯޓުލައިފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނަގަމުންދާ ވޯޓުގެ ތެރެއިން --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ނިމުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ވޯޓުލުން މިއަދު ފަށާފައިވާއިރު މިއަދުގެ 12:00ގެ ނިޔަލަށް 49 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 08:00 ގައެވެ. އެ އިންތިޚާބަށް މީދޫގައި ދެ ވޯޓުފޮއްޓަކާއި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ފޮއްޓެއް ބަހައްޓާފައިވެއެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 12:00އާ ހަމައަށް 49.86 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ ޖުމްލަ 523 މީހުން ކަމަށްވާއިރު އޭގެތެރޭގައި ހިމެނެނީ 210 އަންހެނުންނާއި 313 ފިރިހެނުންނެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 1049އަށް އަރައެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގައި، އީސީން ފުރަތަމަ އިއުލާނުކުރީ މީދޫ ކައުންސިލްގެ ރައީސްގެ މަގާމު އެއް ވޯޓުގެ ތަފާތުން ކާމިޔާބުކުރީ ސުހާ ކަމަށެވެ. އެއީ، 393 ވޯޓުންނެވެ. އެ ނަތީޖާއިން ދެއްކި ގޮތުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

ނަމަވެސް ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީކަން ފާހަގަވުމުން، އެމްޑީއޭއިން އެ މައްސަލަ އީސީއަށް ހުށަހެޅިއެވެ. އަދި، ޝާހިދަށް ލިބުނު ވޯޓުތަކުގެ ތެރޭގައި ބާތިލު ވޯޓެއް ހިމެނޭ ކަމަށް ބުނެ، ސުހާގެ ފަރާތުން ވެސް މައްސަލަ ޖެއްސިއެވެ.

ޝަކުވާތައް ބެލުމަށް ފަހު، އީސީން ނިންމީ އެއް ވޯޓުގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީއޭގެ ޝާހިދު ކަމަށެވެ. އެކަމަކު، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވެފައިވަނީ ކަރުދާހުގައި ފާހަގަ ޖަހާފައިވާ ދެލި ނޫން އެހެން ދެއްޔަކުން އެޅިފައިވާ ރޮނގަކުން ކަމަށް ބުނެ، އޭނާ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލައިގައި ހައިކޯޓުން މިދިޔަ މަހުގެ 14ގައި ވަނީ ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން އީސީން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި، އެ އިސްލާހުތަކާއެކު އަލުން ނަތީޖާ އިއުލާނުކުރަން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމާއެކު، މީދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރި ސުހާއާއި ޝާހިދަށް ވެސް ލިބުނީ 392 ވޯޓެވެ. އަދި ނަތީޖާ އެއްވަރުވުމުން އެ ރަށުގެ ކައުންސިލް ރައީސް ހޮވަން އަލުން ވޯޓު ނަގަން ޖެހުނީއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް މީހަކު އައްޔަންކުރުމަށްޓަކައި އަލުން ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. މިއަދު މެންދުރު 12:00 އާ ހަމައަށް، ވޯޓުލުމުގެ ހައްގު ލިބިގެންވާ 1049 މީހުންގެ ތެރެއިން 49.86 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. މި އިންތިޚާބު އަލުން ބާއްވަން ޖެހުނީ، މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށް ވެސް 392 ވޯޓު ލިބި، ނަތީޖާ އެއްވަރުވުމާ ގުޅިގެންނެވެ. މީގެ ކުރިން ކޯޓުން ވަނީ ބާތިލުކުރި ބައެއް ވޯޓުތަކަކީ ސައްހަ ވޯޓުތަކެއް ކަމަށް ކަނޑައަޅައި، ނަތީޖާ ހަމަހަމަވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

  • ވޯޓުލުން ކުރިއަށްދަނީ މީދޫގައި ބަހައްޓާފައިވާ 2 ފޮށްޓަކާއި މާލޭގައި ބަހައްޓާފައިވާ 1 ފޮށީގައެވެ.
  • މެންދުރު 12:00 ގެ ނިޔަލަށް 210 އަންހެނުންނާއި 313 ފިރިހެނުން ހިމެނޭހެން ޖުމްލަ 523 މީހުން ވަނީ ވޯޓުލާފައެވެ.
  • މި އިންތިޚާބުގައި ޖުމްލަ 1049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
  • މީގެ ކުރިން ބޭއްވި އިންތިޚާބުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ޝަކުވާތަކަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.
comment ކޮމެންޓް