ހުމާ މި ފަހަރު ނުރައްކާތެރި ގާތިލެއްގެ ރޯލްއިން

ބޮލީވުޑްގެ މަގުބޫލު ބަތަލާ ހުމާ ގުރައިޝީގެ ގާތިލެއްގެ ރޯލް ކުޅެފައިވާ ފިލްމު "ބޭބީ ޑޫ ޑައި ޑޫ"ގެ ޓީޒާ ދައްކާލައިފިއެވެ.

މި ފިލްމަކީ، ހުމާ އާއި ބަތަލާގެ ކޮއްކޮ އެކްޓަރު ސާގިބް ސަލީމްގެ އަމިއްލަ ފިލްމު ކުންފުނި 'ސަލީމް ސިބްލިންގްސް'އިން އުފައްދާ ފުރަތަމަ ފިލްމެވެ.

މި ކްރައިމް ތުރިލާ ޑައިރެކްޓްކޮށްފައި ވަނީ މިދިޔަ އަހަރު އެމީހުންގެ ކޮމެޑީ ފިލްމު "ސިންގަލް ސަލްމާ" ވެސް ޑައިރެކްޓްކުރި ނަޗިކެތު ސަމަންތެވެ.

ފިލްމު "ސިންގަލް ސަލްމާ" ސިނަމާތަކުގައި ދައްކައިގެން މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ނެޓްފްލިކްސްގައި ފިލްމު ޕްރީމިއާ ކުރުމާ އެކު ފިލްމަށް ލިބުނު މަގުބޫލުކަން އިތުރުވިކަން ފާހަގަކޮށްލެވެއެވެ.

ފިލްމު "ބޭބީ ޑޫ ޑައި ޑޫ" އަކީ އަޑުނީވޭ އަދި ވާހަކަ ނުދެއްކޭ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މުމްބާއީގެ ލޯކަލް ރޭލުތަކުގައި ދަތުރުކުރާ ސިއްރުވެރި އަންހެނެއްގެ ގޮތުގައި ހުމާ ފިލްމުން ފެންނާނެއިރު، މި ފިލްމުގައި ހޫމާގެ ހަތިޔާރަކީ ރަތް ކުލައިގެ ކުޑައެކެވެ.

ފިލްމު "ބޭބީ ޑޫ ޑައި ޑޫ"ގެ ޓީޒާގެ ބައެއް މަންޒަރުތައް--ފޮޓޯ/އެންޑީޓީވީ

ފިލްމުގެ ޓީޒާގައި ބަތަލާ ސިފަކޮށްފައި ވަނީ އިންޑިއާގެ ފުރަތަމަ "ދޭސީ ހިޓްވުމަން" ނުވަތަ އަންހެން ގާތިލުގެ ގޮތުގައެވެ. ހުމާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުން ޗަންކީ ޕާންޑޭ، ސިކަންދަރު ކޭރް އަދި ވިދްޔާ މަލްވާޅޭ ފެންނާނެއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި ހުމާ އަލަށް މަސައްކަތްކުރާ މި ފިލްމާ ގުޅޭގޮތުން ބަތަލާ ބުނީ، ކުރީގެ ފިލްމު "ސިންގަލް ސަލްމާ"ގެ ތަޖުރިބާއަށް ބެލުމަށްފަހު ރަނގަޅުކުރަންޖެހޭ ވަަރަށް ގިނަ ކަންކަމަށް "ބޭބީ ޑޫ ޑައި ޑޫ"ގައި އިސްކަންދީފައިވާނެ ކަމަށެވެ.

ހުމާ އިތުރަށް ބުނި ގޮތުގައި، ބޮޑެތި ފިލްމުތަކުން އެކަނި ފިލްމީ ސިނާއަތް ނުހިފެހެއްޓޭނެއެވެ. ސިނާއަތް ކުރިއަށްދާނީ ކުދި އަދި މެދު ފަންތީގެ ފިލްމުތަކަށްވެސް ފުރުސަތު ލިބިގެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ މަގުބޫލު ބަތަލާ ހުމާ ގުރައިޝީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ސަލީމް ސިބްލިންގްސް" އިން އުފައްދާ ފުރަތަމަ ފިލްމު "ބޭބީ ޑޫ ޑައި ޑޫ" ގެ ޓީޒާ ވަނީ އާންމުކޮށްފައެވެ. ނަޗިކެތު ސަމަންތު ޑައިރެކްޓްކޮށްފައިވާ މި ކްރައިމް ތުރިލާ ފިލްމުގައި ހުމާ ފެނިގެންދާނީ އަޑުނީވޭ އަދި ވާހަކަނުދެއްކޭ ނުރައްކާތެރި އަންހެން ގާތިލެއްގެ ގޮތުގައެވެ. މުމްބާއީގެ ލޯކަލް ރޭލުތަކުގައި ދަތުރުކުރާ މި ސިއްރުވެރި ކެރެކްޓަރގެ މައިގަނޑު ހަތިޔާރަކީ ރަތް ކުލައިގެ ކުޑައެކެވެ. މިއީ އިންޑިއާގެ ފުރަތަމަ "ދޭސީ ހިޓްވުމަން" ގެ ގޮތުގައި އިޝްތިހާރުކުރެވޭ، އަދި ހުމާ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ބޮޑެތި ފިލްމުތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ފިލްމުތަކަށްވެސް ފުރުސަތު ލިބިގެން ފިލްމީ ސިނާއަތް ކުރިއަރާނެކަމަށް ހުމާ ވަނީ ފާހަގަކޮށްފައެވެ.

  • ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ހުމާ ގުރައިޝީއެވެ.
  • މިއީ ހުމާ އާއި އޭނާގެ ކޮއްކޮ ސާގިބް ސަލީމްގެ ކުންފުނިން އުފައްދާ ފުރަތަމަ ފިލްމެވެ.
  • ފިލްމުގައި ހުމާ ކުޅެނީ ރަތް ކުޑައެއް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ސިއްރުވެރި ގާތިލެއްގެ ރޯލެވެ.
  • މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
  • ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ޗަންކީ ޕާންޑޭ އަދި ސިކަންދަރު ކޭރް ހިމެނެއެވެ.
  • ހުމާގެ ފުރަތަމަ ޕްރޮޑަކްޝަން މަސައްކަތްކަމުގައި ވުން.
  • އަޑުނީވޭ އަދި މަންމަން ގާތިލެއްގެ ތަފާތު ރޯލު ކުޅުން.
  • ފިލްމީ ސިނާއަތުގައި މެދު ފަންތީގެ ފިލްމުތަކުގެ މުހިންމުކަން ފާހަގަކުރުން.
comment ކޮމެންޓް