ފުލުހުންގެ ތަރުޖަމާން ކަމުން ޝިފާން ވަކިކޮށް، އާރިފް އައްޔަން ކޮށްފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޝިފާން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ދިވެހި ފުލުހުންގެ އިސް ތަރުޖަމާނުކަމުގެ މަގާމުން, އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝިފާން މިއަދު ވަކިކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޝިފާން އެ މަގާމުން ވަކިކޮށް, ފުލުހުންގެ އާ ތަރުޖަމާނަކަށް އައްޔަންކުރައްވާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އާރިފެވެ. އާރިފަކީ މީގެ ކުރިން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޝިފާން ތަރުޖަމާންގެ މަގާމުން ވަކިކޮށްފައި މިވަނީ އެ މަގާމުގައި އޭނާ ހުންނަވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

https://www.sun.mv/213671

ޝިފާނާ ދެކޮޅަށް ތުހުމަތުކުރެވޭ ބަދުއަޚުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ ހުށަހަޅައިފައެވެ.

ޝިފާން، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމްކުރަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލަ ނުބަލަން ނިންމީ، މަޖިލީހުގެ ނައިބު ރައީސް ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ނާޒިމާ ޝިފާނާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށް ވެސް ފުލުހުންގެ އިސްވެރިންތަކެއް އޭރު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ތުހުމަތުކޮށްފައިވެއެވެ.

https://www.sun.mv/213677

ނަމަވެސް، އެ ތުހުމަތުތައް ދޮގު ކުރައްވައި ޝިފާން އޭރު ވިދާޅުވީ އެއީ ޒާތީ ގޮތުން ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރަކު ވަނީ އޭނާގެ ރިކޯޑުގައި ދޮގު މައުލޫމާތުތަކެއް ހިމަނައި، ބަދަލުކޮށްފައިވާކަމަށް ވެސް ޝިފާން އޭރު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ތަރުޖަމާނުގެ މަޤާމަށް މިއަދު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، މިހާތަނަށް އެ މަޤާމު ފުރުއްވަމުން ގެންދެވި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝިފާން ވަނީ އެ މަޤާމުން ވަކިކުރައްވާފައެވެ. ޝިފާން އެ މަޤާމުން ވަކިކުރެއްވުމަށްފަހު، ފުލުހުންގެ އައު ތަރުޖަމާނެއްގެ ގޮތުގައި އާރިފް ވަނީ އައްޔަނުކުރައްވާފައެވެ. މިއީ މުއައްސަސާގެ މުއާސަލާތީ ކަންކަން ހިންގުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.

  • ފުލުހުންގެ އިސް ތަރުޖަމާނުގެ މަޤާމުން އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝިފާން ވަކިކުރުން.
  • ޝިފާންގެ ބަދަލުގައި، ފުލުހުންގެ އައު ތަރުޖަމާނަކަށް އާރިފް އައްޔަނުކުރުން.
  • މިއީ މިއަދުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއިން ގެނެސްފައިވާ ބަދަލެއްކަން.
  • މިކަމާގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި ފުލުހުން ހާމަކުރާނެކަން.
ގުޅޭ ޓެގު
comment ކޮމެންޓް