އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ރަޝާދު އަވަހާރަވެއްޖެ

ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ، މއ.އަލިތަރި، އިބްރާހީމް ރަޝާދު --

ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ، މއ. އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ،

ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި ޚިދުމަތްތަކެއް ކުރެއްވި، ރަޝާދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމަށެވެ.

ރައީސް ވިދާޅުވީ ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއްކަމަށެވެ. އަދި އެއީ ހިކްމަތްތެރި ހިންގުންތެރި ޝަހްސިއްޔަތެއްކަމަށާއި ޤައުމަށް ގެއްލިގެން ދިޔައީ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއްކަމަށެވެ.

މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު އެމަނިކުފާނު ހޯއްދަވައިފައިވާކަން ފާހަގަކުރެއްވިއެވެ.

ފަހުގެ ތާރީޚުގައި ޤައުމު ދުށް މިފަދަ ޚިދުމަތްތެރި، ޚުލްޤު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެމަނިކުފާނުގެ ޢާއިލާއަށް، އަދި ޚިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް އިބްރާހީމް ރަޝާދު ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި މއ. އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޢާއިލާއަށް ފުން ހިތާމައާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ކަސްޓަމްސްގެ އެންމެ އިސްވެރިޔާކަމާއި، އަތޮޅުވެރިކަން ކުރެއްވި، ތެދުވެރި އަދި ހިންގުންތެރި ޝަޚުޞިއްޔަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ޓެކްނޮލޮޖީ މަދު ޒަމާނެއްގައި ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައިފައެވެ. މީގެ އިތުރުން، އޭނާއަކީ ދައުލަތުގެ އުސޫލުތައް ހިފެހެއްޓެވުމުގައި ވެރިންނާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯއްދަވައިފައިވާ ނަމޫނާ ބޭފުޅެއްކަން ރައީސްގެ ބަޔާނުގައި އަލިއަޅުވައިލެއްވިއެވެ.

  • ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ އިބްރާހީމް ރަޝާދު އަވަހާރަވުން.
  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވުން.
  • އިލެކްޝަންސް ކޮމިޝަނާއި ކަސްޓަމްސް ފަދަ މުއައްސަސާތަކުގެ އިސް މަގާމުތައް ފުރުއްވުން.
  • ޒަމާނީ ވަސީލަތްތައް މަދު ދުވަސްވަރުވެސް އިދާރީ ހިންގުން ހަރުދަނާކުރެއްވުން.
  • މަރްޙޫމްގެ ޚިދުމަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރުން.
  • އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މުހިންމުކަން.
  • މަރްޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުން އެދި الله އަށް ދުޢާކުރުން.
comment ކޮމެންޓް