އެންޑްރޮއިޑް 17 އަށް ބިނާކުރާ "ވަން ޔޫއައި 9" ޓެސްޓްކުރަން ފަށައިފި

މި އަޕްޑޭޓް ޓެސްޓް ކުރަމުންދަނީ އެސް 25ގެ ފޯނުތަކުގައި ---

ސެމްސަންގް ކުންފުނީގެ ކުރިއަށް އޮތް ބޮޑު ސޮފްޓްވެއާ އަޕްޑޭޓް ކަމަށްވާ "ވަން ޔޫއައި 9"ގެ އެތެރޭގެ ޓެސްޓްތައް ގެލެކްސީ އެސް25 ސީރީޒްގެ ފޯނުތަކުގައި ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެންޑްރޮއިޑް 17 އަށް ބިނާކޮށް ނެރޭ މި އަޕްޑޭޓްގެ ޓެސްޓްތައް ސެމްސަންގުން ފަށާފައި ވަނީ އެ ކުންފުނިން އެންޑްރޮއިޑް 16 އަށް ބިނާކޮށް އެންމެ ފަހުން ނެރުނު "ވަން ޔޫއައި 8.5" ގެ އަޕްޑޭޓް، ބައެއް ބާވަތްތަކުގެ ފޯނުތަކަށް ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އާންމުކޮށް މިފަދަ އަޕްޑޭޓްތައް ޓެސްޓްކުރަން ފަށާ ތާރީޚަށް ވުރެ ދެ ހަފްތާ ވަރު ކުރިން ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ބުނެއެވެ.

މި ސޮފްޓްވެއާގެ ފުރަތަމަ އިންޓާނަލް ޓެސްޓް ބިލްޑް މިހާރު ފެނިފައިވީ ނަމަވެސް، އޭގެ ސީދާ ވާޝަން ނަންބަރު އަދި ކަށަވަރުވެފައެއް ނުވެއެވެ. ސެމްސަންގުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނީގެ އެންމެ ފަހުގެ ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކަށް "ވަން ޔޫއައި 9" ގެ ބީޓާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. އެހެންކަމުން މިހާރު ބާޒާރުގައި ހުރި އެސް25 ސީރީޒްގެ ފޯނުތަކަށް މި އަޕްޑޭޓް ޓެސްޓްކުރަން ފެށުމަކީ ކުރިއަށް އޮތް މަސްތަކުގައި އެ ފޯނުތަކަށް ވެސް ބީޓާ އަޕްޑޭޓް ލިބޭނެ ކަމުގެ ނިޝާނެކެވެ.

https://sun.mv/222365

އަލަށް ނެރޭ "ވަން ޔޫއައި 9" ސޮފްޓްވެއާގައި ސެމްސަންގް ނޯޓްސް އެޕްލިކޭޝަނަށް ގިނަ ބަދަލުތަކެއް އަންނާނެއެވެ. އޭގެ ތެރޭގައި ޑެކަރޭޓިވް ޓޭޕްތަކާއި އާ ގަލަމުގެ ސްޓައިލްތައް ހިމެނެއެވެ. މީގެ އިތުރުން ކޮންޓެކްޓްސް އެޕް މެދުވެރިކޮށް "ކްރިއޭޓިވް ސްޓޫޑިއޯ" އަށް ސީދާ ވަދެވޭނެ ގޮތް ހެދުމާއި، ފޯނުގެ "ކުއިކް ޕެނަލް" އަށް ބޮޑެތި ބަދަލުތަކެއް ގެނައުން ވެސް މި އަޕްޑޭޓްގައި ހިމެނެއެވެ.

މި އަޕްޑޭޓްގައި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ އާ ފީޗާތަކެއް ވެސް ތައާރަފްކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މައުސް ކީގެ ސްޕީޑް ބޭނުންގޮތަކަށް ބަދަލުކުރެވޭ ގޮތް ހެދުމާއި، އާ "ޓޯކްބެކް" ޕެކޭޖެއް ހިމެނުމުގެ އިތުރުން، ލިޔުންތައް ބޮޑުކޮށް ސާފުކޮށް ވަކި ވިންޑޯއެއްގައި ދައްކައިދޭ "ޓެކްސްޓް ސްޕޮޓްލައިޓް" ފީޗާ ހިމެނެއެވެ.

މީގެ އިތުރުން ވެސް ފޯނުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އާ ރައްކާތެރިކަމުގެ ފީޗާތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބިނާކުރާ ފަންކްޝަންތައް ވެސް މި އަޕްޑޭޓާއެކު ތައާރަފްވެގެންދާނެއެވެ.

ސެމްސަންގް ކުންފުނިން ދަނީ އެ ކުންފުނީގެ ކުރިއަށް އޮތް ބޮޑު ސޮފްޓްވެއާ އަޕްޑޭޓް ކަމަށްވާ "ވަން ޔޫއައި 9" ގެ ޓެސްޓްތައް ގެލެކްސީ އެސް25 ސީރީޒްގެ ފޯނުތަކުގައި ކުރިއަށް ގެންދަމުންނެވެ. އެންޑްރޮއިޑް 17 އަށް ބިނާކޮށް ތައްޔާރުކުރާ މި އަޕްޑޭޓްގެ ޓެސްޓްތައް ފަށާފައިވަނީ، އާންމުކޮށް މިފަދަ ޓެސްޓްތައް ފަށާ ތާރީޚަށްވުރެ ދެ ހަފްތާ ވަރު ކުރިންނެވެ. މީގެ ކުރިން ގެލެކްސީ އެސް26 ސީރީޒްގައި މި ސޮފްޓްވެއާގެ ބީޓާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، ކުރިއަށް އޮތް މަސްތަކުގައި އެސް25 ފޯނުތަކަށް ވެސް މި ބީޓާ އަޕްޑޭޓް ލިބޭނެކަމަށް ބެލެވެއެވެ.

  • އެންޑްރޮއިޑް 17 އަށް ބިނާކޮށް ނެރޭ "ވަން ޔޫއައި 9" ގެ ޓެސްޓްތައް ގެލެކްސީ އެސް25 ސީރީޒްގައި ވަނީ ފަށާފައެވެ.
  • ސެމްސަންގް ނޯޓްސް އެޕްލިކޭޝަނަށާއި ފޯނުގެ ކުއިކް ޕެނަލްއަށް ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް މި އަޕްޑޭޓާއެކު ގެންނާނެއެވެ.
  • ޓޯކްބެކް ޕެކޭޖަކާއި، ލިޔުންތައް ބޮޑުކޮށް ދައްކައިދޭ ޓެކްސްޓް ސްޕޮޓްލައިޓް ފަދަ އާ ފީޗާތައް ތައާރަފްކުރާނެއެވެ.
  • ފޯނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އާ ފަންކްޝަންތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
comment ކޮމެންޓް