'އެމިލީ އިން ޕެރިސް'ގެ ފަރަންސޭސި އެކްޓަރު ޕިއެރޭ ޑެނީ މަރުވެއްޖެ

'އެމިލީ އިން ޕެރިސް'ގެ އެކްޓަރު ޑެނީ ޕިއޭރޭ--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

ނެޓްފްލިކްސްގެ މަޝްހޫރު ސިލްސިލާ 'އެމިލީ އިން ޕެރިސް'އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ފަރަންސޭސި އެކްޓަރު ޕިއެރޭ ޑެނީ މަރުވެއްޖެއެވެ.

އުމުރުން 69 އަހަރުގެ ޕިއެރޭ ޑެނީ މަރުވެފައި ވަނީ ނާރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ 'އޭއެލްއެސް'އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޕިއެރޭ ޑެނީ މަރުވެފައިވާކަން އާއިލާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ 'އެމިލީ އިން ޕެރިސް'ގެ ތިން ވަނަ އަދި ހަތަރު ވަނަ ސީޒަނުގައި ޕިއެރޭ އަދާކޮށްފައި ވަނީ ފެޝަން ކުންފުނި ޖޭވީއެމްއޭގެ ސީއީއޯ ލުއިސް ޑި ލިއޯންގެ ރޯލެވެ.

ޑެނީގެ އަންހެން ކުދިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕިއެރޭ މަރުވީ ކުއްލިއަކަށް ޖެހުނު ނުރައްކާތެރި އޭއެލްއެސް ބަލީގެ ސަބަބުން ކަމަށެވެ. މި ބައްޔަށް 'ޝާކޯޓްސް ޑިޒީޒް'އޭ ވެސް ކިޔައެވެ.

ޑެނީ، 'އެމިލީ އިން ޕެރިސް'ގެ ކާސްޓުންނާ އެކު--ފޮޓޯ/ދަހޮލީވުޑްރިޕޯޓަ

ޑެނީ މަރުވި ޚަބަރު އާއިލާއިން ކަށަވަރުކޮށްދީފައި މިވަނީ، ގްރީސްގައި މިހާރު ޝޫޓް ކުރަމުންދާ 'އެމިލީ އިން ޕެރިސް'ގެ ހަވަނަ ސީޒަނަށް ފަހު އެ ސިލްސިލާ ނިންމާލާނެ ކަމަށް ނެޓްފްލިކްސްއިން އިއުލާނުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ޕިއެރޭ ޑެނީ އަކީ ފަރަންސޭސިވިލާތުގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު އެކްޓަރެކެވެ. އަށްޑިހައިގެ އަހަރުތަކުގައި ތިއޭޓަރުގައި އެކްޓިންގް މަސައްކަތް ފެށި މި އެކްޓަރު ވަނީ ފަރަންސޭސިވިލާތުގެ މަޝްހޫރު ޓީވީ ސިލްސިލާތައް ކަމަށްވާ 'ޖޫލީ ލެސްކޯޓް' އަދި 'ޑެމައިން ނޫސް އެޕާޓިއެންޓް'ގައި 500 އަށްވުރެ ގިނަ އެޕިސޯޑުގައި ޑޮކްޓަރު ރެނާޑް ޑުމާޒްގެ ރޯލު ކުޅެފައެވެ.

ޕިއެރޭ ޑެނީ މަރުވުމާ ގުޅިގެން އެކްޓަރާ އެކު މަސައްކަތްކުރި ގިނަ ފަންނާނުންތަކެއް ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން ބަތަލާ ސިލްވީ ވަޓަން ބުނެފައި ވަނީ ޑެނީއަކީ ވަރަށް ދީލަތި، ހިތްހެޔޮ އަދި މަޖާ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި އޭނާއާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ބަތަލާ ލޫސް މޫޝެލް ވެސް ވަނީ ޑެނީގެ ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް ބުނެ، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ނެޓްފްލިކްސްގެ މަޝްހޫރު ސިލްސިލާ 'އެމިލީ އިން ޕެރިސް'ގައި މުހިންމު ރޯލެއް އަދާކުރި ފަރަންސޭސި އެކްޓަރު ޕިއެރޭ ޑެނީ މަރުވެއްޖެއެވެ. އުމުރުން 69 އަހަރުގެ މި ތަޖުރިބާކާރު އެކްޓަރު މަރުވެފައިވަނީ ނާރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ އޭއެލްއެސްއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ މަރުވިކަން އާއިލާއިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. ޕިއެރޭ ޑެނީ ވަނީ ފަރަންސޭސިވިލާތުގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ މަރުވުމާ ގުޅިގެން، ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ދަނީ ހިތާމަ ފާޅުކޮށް، އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

  • ޕިއެރޭ ޑެނީ މަރުވީ ކުއްލިއަކަށް ޖެހުނު ނުރައްކާތެރި އޭއެލްއެސް ބަލީގެ ސަބަބުން ކަމަށް އާއިލާއިން ނެރުނު ބަޔާނުގައިވެއެވެ.
  • އޭނާ ވަނީ 'އެމިލީ އިން ޕެރިސް'ގެ ތިން ވަނަ އަދި ހަތަރު ވަނަ ސީޒަނުގައި ފެޝަން ކުންފުނި ޖޭވީއެމްއޭގެ ސީއީއޯ ލުއިސް ޑި ލިއޯންގެ ރޯލު ކުޅެފައެވެ.
  • އޭނާ މަރުވި ޚަބަރު ލިބިފައިވަނީ 'އެމިލީ އިން ޕެރިސް'ގެ ހަވަނަ ސީޒަނަށް ފަހު އެ ސިލްސިލާ ނިންމާލާނެކަން ނެޓްފްލިކްސްއިން އިއުލާނުކުރިތާ ހަފުތާއެއް ފަހުންނެވެ.
  • އަށްޑިހައިގެ އަހަރުތަކުގައި އެކްޓިންގ ފެށި ޕިއެރޭ ވަނީ ފަރަންސޭސި ގިނަ ޓީވީ ސިލްސިލާތަކެއްގައި 500 އަށްވުރެ ގިނަ އެޕިސޯޑު ކުޅެފައެވެ.
  • އެކްޓަރުގެ މަރު: އުމުރުން 69 އަހަރުގައި ޕިއެރޭ ޑެނީ މަރުވީ ނުރައްކާތެރި ބައްޔެއްގައެވެ.
  • މަޝްހޫރު ރޯލު: އެންމެ ފަހުން ބެލުންތެރިންގެ ސަމާލުކަން ހޯދީ 'އެމިލީ އިން ޕެރިސް'ގެ ލުއިސް ޑި ލިއޯންގެ ރޯލުންނެވެ.
  • ފަންނީ ހަޔާތް: ފަރަންސޭސި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދާފައިވެއެވެ.
  • ފަންނާނުންގެ ހިތާމަ: އެކުގައި މަސައްކަތްކުރި ތަރިންނާއި އެކުވެރިން ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
comment ކޮމެންޓް