ބޮޑު އީދަށް އަބްދުއްރަހީމް ވިލިނގިއްޔަށް، ހަރަކާތްތައް ފެއްޓެވީ އިމާމުވެވަޑައިގެން ކުރެއްވި ޢީދު ނަމާދުން

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގއ ވިލިނގިލީގައި އިމާމުވެ ޢީދު ނަމާދުކުރައްވަނީ....

މިއަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގއ. ވިލިނގިއްޔަށް ވަޑައިގެން، އެ ރަށުގެ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދުކުރައްވައިފިއެވެ.

ޢީދު ނަމާދަށް ފަހު ނަމާދުގައި ބައިވެރިވި މީހުންނާ ސަލާމްކުރުމަށް ފަހު އެ މަނިކުފާނު ވަނީ ވިލިނގިލީގެ ޢީދު ހަރަކާތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިލިނގިލީ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދު ކުރައްވަނީ... ފޮޓޯ/ ވިލިނގިލި ކައުންސިލް

އަބްދުއްރަހީމް ވިލިނގިއްޔަށް ވަޑައިގަތީ އެ ރަށު ކައުންސިލްގެ ދަޢުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ. ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި އެމަނިކުފާނު ކޫއްޑޫ އެއާޕޯޓަށް އިއްޔެ ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އަބްދުއްރަހީމް އަށް ކޫއްޑޫ އެއާޕޯޓުން މަރުޙަބާ ދެންނެވުން.. ފޮޓޯ/ ވިލިނގިލި ކައުންސިލް

ދައުލަތުގެ އިސްވެރިއެއްގެ ހައިސިއްޔަތުން އަބްދުއްރަހީމް ރަށެއްގެ ޢީދު ނަމާދުގައި އިމާމުވެވަޑައިގެން ނަމާދު ކުރެއްވިއިރު މީގެ ކުރިން ފޮނަދޫގައި ހުކުރު ވެސް އިމާމުވެވަޑައިގެން ކުރެއްވިއެވެ.

މިއަދުގެ އީދު ނަމާދަށްފަހު، ޖަމާޢަތުގައި ބައިވެރިވި ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށްދިޔައިރު، އަބްދުއްރަހީމް ވެސް ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެން ކުދިންނަށް ހަދިޔާ ބައްސަވައިދެއްވާފައެވެ.

ވިލިނގިލީގައި ބާއްވާ އަޟްހާ އީދުގެ ކުޅިވަރުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ވެސް އީދު ހަރަކާތްތަކުގެ ޚާއްސަ މެހުމާނެއްގެ ގޮތުން އަބްދުއްރަހީމެވެ. މި ހަރަކާތްތައް ފެށިގެން ދިޔައީ އެ ރަށުގައި އޮތް ފޯރިގަދަ ޢީދު މަޅީގެ ހަރަކާތްތަކާއެކުގައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރަސްމީ އިއްޒަތުގައި ޢީދު ހަރަކާތްތަކުގެ ތެރެއިން.. ފޮޓޯ/ ވިލިނގިލި ކައުންސިލް

މީގެ އިތުރުން، އެ ރަށު ކައުންސިލުން ކުރިއަށް ގެންދިޔަ އުޟުހިޔާ ކަތިލުމުގެ ހަރަކާތުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސް ވިލިނގިއްޔަށް ކުރައްވާ މި ދަތުރުފުޅަކީ އެ ރަށުގެ ރައްޔިތުންނާއެކު ޢީދުގެ އުފާ ފާޅުކުރުމަށާއި، ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، ގއ. ވިލިނގިލީ ކައުންސިލުގެ ދަޢުވަތަކަށް އެ ރަށަށް ވަޑައިގެން މިއަހަރުގެ ބޮޑު ޢީދުގެ ހަރަކާތްތަކުގައި ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، އެ ރަށުގެ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދު ކުރެއްވުމަށްފަހު، ޢީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް އެމަނިކުފާނު ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. ދައުލަތުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންނާއެކު އުފާފާޅުކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ކުރެއްވި ދެ ދުވަހުގެ މި ދަތުރުފުޅުގައި ގިނަ ކަންތައްތަކެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

  • ގއ. ވިލިނގިލީ ބޮޑު ޖަމާޢަތުގައި އިމާމުވެ ޢީދު ނަމާދު ކުރެއްވުން.
  • ކުޑަކުދިންނަށް ހަދިޔާ ބެހުމުގެ ޚާއްޞަ ހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން.
  • ރަށުގައި އޮތް ފޯރިގަދަ ޢީދު މަޅީގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުން.
  • ރަށު ކައުންސިލުން ކުރިއަށް ގެންދިޔަ އުޟުޙިޔާ ކަތިލުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުން.
  • ދެ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވުން.
  • ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކުރެއްވުމަށް ދައުލަތުގެ އިސްވެރިން އިސްކަންދެއްވުން.
  • ދީނީ އަދި އިޖުތިމާޢީ ހަރަކާތްތަކުގައި ސީދާގޮތުން ބައިވެރިވެވަޑައިގަތުން.
  • ރަށު ކައުންސިލްތަކާއި މަރުކަޒީ ސަރުކާރުގެ އިސްވެރިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާވުން.
  • އިސްލާމީ އާދަކާދަތަކާއި ދިވެހިންގެ ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށް ބާރުއެޅުން.
comment ކޮމެންޓް