ރަޝިއާގެ ބާރުގަދަ ހަމަލާތަކެއް ޔުކްރެއިންއަށް

ރަޝިއާ ޔުކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް

ކިޔޭވް (25 މެއި 2026) : ރަޝިޔާއިން 100 އަށް ވުރެގިނަ މިސައިލާއި 600 ވަރަކަށް ޑްރޯން އެއްފަހަރާ ބޭނުންކޮށްގެން ޔުކްރެއިންގެ ވެރިރަށް ކިޔޭވްއަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މިއީ މިދިޔަ ހަފްތާގައި ޔުކްރެއިނުން ރަޝިއާގެ ކިޔަވާކުދިން ދިރިއުޅޭ ބޯޑިންގް އަކަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއްކަމަށް ރަޝިއާގެ މީޑިއާ ސިފަކުރެއެވެ.

މީގެ ހަތަރު ވަރަކަށް އަހަރުކުރިން ރަޝިއާ ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ކިއޭވަށް އަމާޒުކޮށްގެން އެއްވަގުތަކު ރަޝިޔާއިން މިހާ ވަރުގަދަ ހަމަލާތަކެއް މިހާތަނަށް ދީފައިނުވާކަމަށް ޔޫކްރޭނުން ބުނެފައިވެއެވެ.

ރަޝިއާ ގެ ދިފާއީ ވުޒާރާ ބުނިގޮތުގައި މި ހަމަލާތައް އަމާޒުކުރީ ޔުކްރެއިންގެ މުވާސަލާތާބެހޭ މަރުކަޒުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށާއި ޔުކްރެއިން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށެވެ. މީގެއިތުރުން ސިފައިންގެ ޚާއްސަ މަރުކަޒުތަކާއި އަސްކަރީ ތަކެތި ރައްކާކުރާ ތަންތަނަށެވެ.

މި ހަމަލާތައް ހައެއްކަ ގަޑީއިރަށް ދިގު ދެމިގެންދިޔަ ކަމަށް ޚަބަރު ލިބެއެވެ. ރަޝިއާ ދިން މި ހަމަލާތަކުގައި ރަޝިއާގައި އުފައްދާ ހައިޕާ ސޮނިކް މިސައިލެއްކަމަށްވާ އޮރެޝްނިކް މަރުކާގެ މިސައިލެއްވެސް ބޭނުންކުރި ކަމަށް ޔުކްރެއިން ބުނެފައިވެއެވެ.

ޔުކްރެއިން ބުނިގޮތުގައި ރަޝިއާގެ މި ހަމަލާތައް އަމާޒުކުރީ ހަމައެކަނި އަސްކަރީ އަދި ހަކަތައިގެ މަރުކަޒުތަކަކަށް އެކަންޏެއް ނޫނެވެ. މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށްވެސް އަމާޒުކުރިއެވެ. ފެންޕްލާންޓްތަކަށާއި ފެނުގެ މަރުކަޒުތަކަށްވެސް ހަމަލާތައް އަމާޒުކުރިއެވެ.

ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ އެޕާޓްމަންޓް އިމާރާތްތަކަށާ އަދި ސްކޫލް އިމާރާތްތަކަށްވެސް ބޮޑެތި ގެލުންތައް ލިބުނު ކަމަށް ޔުކްރެއިން ބުނެފައިވެއެވެ. ނަމަވެސް ޔުކްރެއިން ބުނާގޮތުން މި ހަމަލާތަކުގައި މަރުވީ އެންމެ ހަތަރު މީހުންނެވެ. އަދި ޒަޚަމްވީ 80 ވަރަކަށް މީހުންނެވެ.

ޔުކްރެއިންގެ ވެރިރަށް ކިޔޭވްއަށް އަމާޒުކޮށް ރަޝިއާއިން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފިއެވެ. މިއީ މިދިޔަ ހަފުތާގައި ޔުކްރެއިނުން ރަޝިއާގެ ބޯޑިންގް ސްކޫލަކަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއްކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި ހަމަލާތަކުގައި މުވާސަލާތީ އަދި ހަކަތައިގެ މަރުކަޒުތަކުގެ އިތުރުން އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށް ގެއްލުންވެފައިވާކަމަށް ޔުކްރެއިނުން މަޢުލޫމާތުދެއެވެ. މި ހަމަލާތައް ހައެއްކަ ގަޑިއިރަށް ދެމިގެންދިޔައިރު، މިއީ ހަނގުރާމަ ފެށުނުފަހުން ކިޔޭވްއަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. އަދި މި ހަމަލާތަކުގައި ރަޝިއާގެ އޮރެޝްނިކް މަރުކާގެ ހައިޕާ ސޮނިކް މިސައިލެއް ބޭނުންކޮށްފައިވާކަމަށް ޔުކްރެއިނުން ބުނެފައިވެއެވެ.

  • ރަޝިއާއިން 100 އަށްވުރެ ގިނަ މިސައިލާއި 600 ޑްރޯން ބޭނުންކޮށްގެން ކިޔޭވްއަށް ހަމަލާދީފިއެވެ.
  • މި ހަމަލާތަކަކީ ޔުކްރެއިނުން ރަޝިއާގެ ބޯޑިންގްއަކަށް ދިން ހަމަލާގެ ބަދަލުހިފުމެކެވެ.
  • މުވާސަލާތީ އަދި ހަކަތައިގެ މަރުކަޒުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ތަންތަނަށްވެސް ގެއްލުންވިއެވެ.
  • މި ހަމަލާތަކުގައި 4 މީހުން މަރުވެ، 80 ވަރަކަށް މީހުން ޒަޚަމްވިއެވެ.
comment ކޮމެންޓް