4 ފަތުރުވެރިންގެ ހަށިގަނޑު އިޓަލީއަށް ގެންގޮސްފި

ހޮހޮޅަ ތެރޭ މަރުވި އިޓަލީގެ 5 ފަތުރުވެރިން --

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ރޭ ފަތިހު އެ ގައުމަށް ގެންގޮސްފިއެވެ.

މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް އިޓަލީ މީހުންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި ސަރުކާރުގެ އިސް ތަރުޖަމާނު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ހަތަރު މީހުންގެ ހަށިގަނޑު ވެސް ރޭ ފަތިހު އިޓަލީވިލާތަށް ގެންގޮސްފައިވާ ކަމަށެވެ.

https://sun.mv/222372

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މީހުން މަރުވުމަށް މެދުވެރިވި ސަބަބު ހޯދަން ޖިނާއީ ތަހުގީގެއް ފަށާފައެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި ޑައިވަރުންގެ މޯބައިލް ފޯނުތަކާއި، އެ ނޫން ވެސް އިލެކްޓްރޯނިކް ސާމާނުތައް އިޓަލީގެ ޖެނޯއާ ފްލައިން ސްކޮޑުން ވަނީ ތަހުގީގަށް ނަގާފައެވެ. ރޯމްގެ ޕްރޮސެކިއުޓަރުން އިސްވެ ތިބެ ކުރިއަށްގެންދާ މި ތަހުގީގަށް މި ތަކެތި އިޓަލީއަށް ގެންގޮސްދިނީ، މަރުވި ޑައިވަރުންނާ އެކު އެއް ސަފާރީއެއްގައި ދަތުރުކުރި ޖެނޯއާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ސްޓެފާނޯ ވެނިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަތުރުވެރިން މަރުވި ކޭވްގެ ތެރޭގައި ރެސްކިއު ޓީމްގެ ޑައިވަރަކު ފީނަނީ -- ފޮޓޯ/ ޑޭން ޔޫރަޕް

މީގެ އިތުރުން، ފިންލޭންޑުގެ ރެސްކިއު ޓީމުން ހޯދި ޑައިވަރުންގެ ގޯޕްރޯ ކެމެރާތަކާއި ޑައިވް ކޮމްޕިއުޓަރުތައް ހޯދުމަށް ވެސް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން އެދިފައިވާ ކަމަށް ނޫސްތަކުގައިވެއެވެ.

މަރުވި ޑައިވަރުންގެ ހަށިގަނޑުތައް ހޯދާފައިވަނީ ޑޭން ޔޫރަޕްގެ ފަރާތުން ހަރަކާތްތެރިވި ފިންލޭންޑުގެ ކޭވް ރެސްކިއު ތަޖުރިބާކާރުން ކަމަށްވާ ސާމީ ޕާކަރިނެން، ޕެޓްރިކް ގްރޯންކްވިސްޓް އަދި ޖެނީ ވެސްޓަލަންޑް ހިމެނޭ ޓީމަކުންނެވެ.

https://sun.mv/222336

އެ މީހުން އަމިއްލަ އިޚުތިޔާރުގައި ހޮހަޅައިގެ އެތެރެއަށް ވަދެ، ނުކުންނަން އުޅުމުގެ ތެރޭގައި މަގު އޮޅިގެން ބަންދުވެފައިވާ ދިމާލަކަށް ދެވުމުން ތާށިވީ ކަމަށް ރެސްކިއު ޓީމުން ލަފާކުރެއެވެ. ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، ހޮހަޅައިގެ އެތެރޭގައި އޮތް ވެލިގަނޑެއްގެ ސަބަބުން ފެނުމަށް އޮޅުންތަކެއް އަރައި، ނުކުންނަން އޮތް މަގު ކަމަށް ހީކޮށް ޑައިވަރުންނަށް ވަދެވުނީ ބަންދުވެފައިވާ މަގަކަށެވެ. ހަތަރު ޑައިވަރެއްގެ ހަށިގަނޑު ފެނިފައިވަނީ އެއްތަނަކުން ކަމަށްވުމުން، އެންމެންނަށް ވެސް މަގު އޮޅުނީ ކަމަށް ބެލެވެއެވެ. ނަމަވެސް، ފަސް ވަނަ ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައި ވަނީ ހޮހަޅައިގެ ފުރަތަމަ ބައިންނެވެ.

މި ހާދިސާގައި މަރުވި ޑައިވަރުންގެ ހަށިގަނޑުތައް އޮޓޮޕްސީ ހަދަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ޑައިވް ކޮމްޕިއުޓަރުތަކާއި ކެމެރާތަކުން ލިބޭ މައުލޫމާތުގެ އަލީގައި މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ހޯދުމުގެ މަސައްކަތް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި ހިތާމަވެރި ހާދިސާގައި ޖުމުލަ ފަސް އިޓަލީ ފަތުރުވެރިންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައެވެ. ސަރުކާރުގެ ފަރާތުން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، މަރުވި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ރޭގެ ފަތިހުގެ ވަގުތެއްގައި ވަނީ އިޓަލީއަށް ފޮނުވާލެވިފައެވެ. މި ހާދިސާއާ ގުޅިގެން އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. އަދި ތަހުގީގަށް ބޭނުންވާ މޯބައިލް ފޯނުތަކާއި އެހެނިހެން އިލެކްޓްރޯނިކް އާލާތްތައް ވަނީ އެ ގައުމަށް ގެންގޮސްފައެވެ. މަރުވި ފަތުރުވެރިންގެ ހަށިގަނޑުތައް ހޯދާފައިވަނީ ފިންލޭންޑުގެ ހޮހަޅަ ރެސްކިއު ތަޖުރިބާކާރުންގެ ޓީމަކުންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ހޮހަޅައިގެ އެތެރޭގައި ވެލިގަނޑު ހަލަބޮލިވުމުގެ ސަބަބުން ފެނުމަށް ދަތިވެ، ނުކުންނަން އޮތް މަގު އޮޅިގެން ބަންދުވެފައިވާ ދިމާލަކަށް ދެވުމުންނެވެ. މިކަމުގެ ސަބަބުން އެތަނުގައި ތާށިވެ މަރުވީކަމަށް ބެލެވެއެވެ.

  • މަރުވި އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑުތައް އެ ގައުމަށް ވަނީ ގެންގޮސްފައި.
  • އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހާދިސާގެ ޖިނާއީ ތަހުގީގެއް ފަށައި، ހަށިގަނޑުތަކުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައި.
  • ތަހުގީގަށް ބޭނުންވާ މޯބައިލް ފޯނާއި، ޑައިވް ކޮމްޕިއުޓަރާއި، ގޯޕްރޯ ކެމެރާ ފަދަ އާލާތްތައް ވަނީ އިޓަލީއަށް ގެންގޮސްފައި.
  • ހާދިސާ ހިނގަން މެދުވެރިވީ ހޮހަޅަ އެތެރޭގައި މަގު އޮޅިގެން، ބަންދުވެފައިވާ މަގަކަށް ވަދެވުމުން ކަމަށް ރެސްކިއު ޓީމުން ލަފާކުރޭ.
  • މި ހާދިސާގައި ޖުމުލަ ފަސް ފަތުރުވެރިންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައި.
comment ކޮމެންޓް