ޓެކްނިކަލް ޑައިވިންއަށް ހުއްދަދިނުމަށް ގާނޫނެއް ހެދުމަށް އަންނަނީ މަޝްވަރާކުރަމުން: ތަރުޖަމާނު

އިޓަލީ ފަތުރުވެރިން ހޯދުމުގެ މަސައްކަތްކުރި ޑައިވިން ޓީމުގެ މެންބަރެއް: ތަރުޖަމާނު ވިދާޅުވީ ޓެކްނިކަލް ޑައިވިން ގާނޫނެއް އެކުލަވާލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް --- ފޮޓޯ: ޑޭން

ޓެކްނިކަލް ޑައިވިންއަށް ހުއްދަ ދިނުމަށްޓަކައި ގާނޫނެއް ހެދުމުގެ ވިސްނުމެއް ސަރުކާރުގައި އެބައޮތް ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ، 'ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން'އަށް ގާނޫނެއް ހެދުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށާއި، އެކަމާ ގުޅުންހުރި މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށެވެ.

އެފަދައިން ވިދާޅުވެ ތަރުޖަމާނު ވަނީ ރާއްޖޭގައި ވަރަށް ކުޅަދާނަ އަދި ތަޖުރިބާ ހުރި ޑައިވަރުން ތިބިކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ރާއްޖޭގައި އެބަ ތިބި އިނގޭތޯ ހަމަ ވަރަށް ކުޅަދާނަ ވަރަށް ތަޖުރިބާކާރު ވަރަށް ކުރީއްސުރެ ހަރަކާތްތެރިވަމުން އަންނަ ޑައިވާސް. ވަރަށް މޮޅެތި ޑައިވާސް ތިބި ގައުމެއް ދެއްތޯ ރާއްޖެއަކީ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޓެކްނިކަލް ޑައިވިން ގާނޫނެއް އަދި ނެތެވެ. ތަރުޖަމާނު ވިދާޅުވީ އެފަދަ ގާނޫނެއް ވުޖޫދުވެއްޖެނަމަ ކަނޑު އަޑީގެ ދިރާސާތައް ހަދަން އަންނަ ފަރާތްތަކާއި ޓެކްނިކަލް ރެކްރިއޭޝަން ޑައިވަރުން ޑައިވްކުރުމުގެ ތަޖުރިބާ ހުރި ބަޔަކަށް ނޫނީ އެކަން ނުކުރެވޭ ގޮތަށް، ހެދޭނެ ކަމަށެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

އެ ގާނޫނު ވުޖޫދުކުރަން މާ ލަހެއް ނުވާނެ ކަމަށް ތަރުޖަމާނު ވިދާޅުވި ނަމަވެސް، އެ ގާނޫނާ ގުޅުންހުރި ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ސީދާ ތާރީޚެއް ވިދާޅެއް ނުވެއެވެ.

ޓެކްނިކަލް ޑައިވިންއަށް ހުއްދަދިނުމަށްޓަކައި ގާނޫނެއް ހެދުމުގެ ވިސްނުމެއް އޮތްކަން ތަރުޖަމާނު ހާމަކުރައްވައިފައިވަނީ، ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި ޑައިވިނަށް ގޮސް އުޅުނު އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މަރުވެފައި އޮއްވައި ފެނިފައި ވަނިކޮށެވެ.

މި ހިތާމަވެރި ހާދިސާގައި އިޓަލީވިލާތުގެ ފަސް ފަތުރުވެރިންގެ އިތުރުން، އެ ފަތުރުވެރިން ސަލާމަތްކުރުމަށް މަސައްކަތްކުރި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ މިމަހުގެ 19 ވަނަ ދުވަހެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.

މި މީހުންގެ ހަށިތައް ފެނިފައި ވަނީ އެމީހުން ޑައިވް ކުރި ކޭވްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ބައިވެރިވިއެވެ.

https://sun.mv/222372

ސަރުކާރުން ވަނީ މި ހާދިސާގައި މަރުވި އިޓަލީވިލާތުގެ ފަތުރުވެރިން އަނބުރާ ގައުމަށް މިއަދު ފަތިހު ފޮނުވައިލާނެކަން އިއްޔެ ހާމަކޮށްފައެވެ.

ދާދި ފަހުން ވ. އަތޮޅު އަލިމަތާ ކައިރީގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރާއްޖޭގައި ޓެކްނިކަލް ޑައިވިންގއަށް ހުއްދަ ދިނުމަށްޓަކައި ޚާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ހާމަކުރެއްވި ގޮތުގައި، މި ގާނޫނުގެ ދަށުން ކަނޑުއަޑީގެ ދިރާސާތަކާއި ޓެކްނިކަލް ރެކްރިއޭޝަނަލް ޑައިވިންގ ކުރެވޭނީ ހަމައެކަނި އެކަމުގެ ތަޖުރިބާއާއި ގާބިލުކަން ހުރި ފަރާތްތަކަށެވެ. މިއީ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށް، ފުރާނަ ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

  • ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިންގ ރެގިއުލޭޓް ކުރުމަށް އައު ގާނޫނެއް ޑްރާފްޓް ކުރުން.
  • ކަނޑުއަޑީގެ ދިރާސާތަކާއި ޓެކްނިކަލް ޑައިވިންގ ކުރެވޭނީ ހަމައެކަނި ތަޖުރިބާކާރުންނަށް ކަމުގައި ކަނޑައެޅުން.
  • ކަމާބެހޭ މުއައްސަސާތަކާއި ތަޖުރިބާކާރުންނާއެކު ގާނޫނު އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުން.
  • އަލިމަތާ ކައިރީގައި ހިނގި ހާދިސާގައި ނިޔާވި ފަރާތްތަކުގެ ހަށިގަނޑުތައް ހޯދައި، ފަތުރުވެރިންގެ ހަށިތައް ގައުމަށް ފޮނުވާލުން.
  • ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ޓެކްނިކަލް ޑައިވިންގއަށް ހުއްދަ ދިނުން.
  • ޑައިވިންގ ދާއިރާގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާކޮށް ތަންފީޒުކުރުން.
  • ހާދިސާތައް މަދުކުރުމަށްޓަކައި ޕްރޮފެޝަނަލް މިންގަނޑުތަކެއް ކަނޑައެޅުން.
comment ކޮމެންޓް