އިސްރާއީލުން ބަންދުކުރި ފްލޮޓިލާގެ އެކްޓިވްސްޓުން ދޫކޮށްލައިފި

ސުމުދު ފްލޮޓިލާގެ ބައިވެރިން އިސްތަންބޫލުގައި --- ފޮޓޯ/ޓީއާރްޓީ

އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރި ސުމުދް ފްލޮޓީލާގެ އެކްޓިވިސްޓުން އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފަހު ދޫކޮށްލައިފިއެވެ.

އެ މީހުން މިހާރު ވަނީ ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ގޮސްފައެވެ.

އެ އެކްޓިވިސްޓުން އިސްރާއީލުން ފުރައިގެން ދިޔައީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެ މީހުންގެ އުޅަނދުތައް ހުއްޓުވުމާ ގުޅިގެން ތުރުކީގެ ކޯޑިނޭޝަންގެ ދަށުން ޓާކިޝް އެއާލައިންސްގެ ފްލައިޓްތަކުގައެވެ. ބައެއް އެކްޓިވިސްޓުންނާ ހަވާލާދީ ޓީއާރުޓީ ވޯލްޑުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްޓިވިސްޓުން ބަންދުގައި ބައިތިއްބާފައިތިބިއިރު، އެ މީހުންނަށް އިސްރާއީލު ސިފައިން ކަންތައްކުރީ ވަރަށް އަނިޔާވެރިކޮށެވެ.

"އަޅުގަނޑުމެންނަށް ޖިސްމާނީ އަނިޔާ ދީ، ގިނަ ދުވަހު ބަންދުގައި ބައިތިއްބައި ބައެއް މީހުންނަށް އަނިޔާވެރި ވެސް ވެފައިވަނީ،" އެކްޓިިވިސްޓަކު ބުންޏެވެ.

އެކްޓިވިސްޓް ބުނީ، މި ތަޖުރިބާގެ ސަބަބުން އިސްރާއީލުގެ ޑިޓެންޝަން ފެސިލިޓީތަކުގައި ފަލަސްތީނުގެ މީހުންނާ މެދު އަމަލުކުރާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އެކްޓިވިސްޓުންނަށް އިސްތަންބޫލް އެއާޕޯޓުން މަރުހަބާ ކިޔާފައިވާއިރު، އަނިޔާވި ބައެއް މީހުން ވަނީ ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

ތުރުކީގެ 78 ރައްޔިތުން ހިމެނޭ ގޮތަށް 420 އަށް ވުރެ ގިނަ އެކްޓިވިސްޓުން ރަމޮން އެއާޕޯޓުގައި ތުރުކީ އެއާލައިންސްގެ ވަކިވަކި ތިން މަތިންދާބޯޓަކުން ވަނީ ދަތުރުކޮށްފައެވެ.

ގްލޯބަލް ސުމޫދު އެހީގެ ފްލޮޓިލާއިން އަންގާރަ ދުވަހު ބުނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދިން ހަމަލާތަކުގައި އެދަތުރުގައި ބައިވެރިވި 50 އުޅަނދު ވެސް އިސްރާއީލުން އަތުލައިގެންފައިވާ ކަމަށެވެ.

ސާޅީސް ހަތަރު ގައުމަކުން 428 މީހުންނާ އެކު ދަތުރުކުރި މި ފްލޮޓިލާ މިދިޔަ ބުރާސްފަތި ދުވަހު ތުރުކީގެ މާމަރިސް ޑިސްޓްރިކްޓުން ފުރީ 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ގަވާއިދާ ޚިލާފަށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލުމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި ސުމޫދު ފްލޮޓީލާގެ ބައިވެރިން އިސްރާއީލުން ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލު ސިފައިން މި އުޅަނދުތައް ހުއްޓުވައި، އޭގައި ތިބި 44 ގައުމެއްގެ 428 އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުން ދަތުރުކުރި 50 އުޅަނދު އިސްރާއީލުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި އެކްޓިވިސްޓުން މިހާރު ވަނީ ތުރުކީގެ އެހީތެރިކަމާއެކު އިސްތަންބޫލަށް ގެންގޮސްފައެވެ. ބަންދުގައި ތިބި މުއްދަތުގައި އިސްރާއީލު ސިފައިންގެ ފަރާތުން ޖިސްމާނީ އަނިޔާތަކާ ކުރިމަތިލާންޖެހުނު ކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއީލުގެ ޖަލުތަކުގައި އަމަލުކުރާނެ ގޮތާމެދު އެމީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • ޣައްޒާގެ ހިސާރު ނައްތާލުމަށް ދަތުރުކުރި 428 އެކްޓިވިސްޓުން އިސްރާއީލުން ވަނީ ދޫކޮށްލާފައެވެ.
  • ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނޭ ތުރުކީގެ 78 ރައްޔިތުންނާއެކު ހުރިހާ އެކްޓިވިސްޓުން މިހާރު ވަނީ އިސްތަންބޫލަށް ގެންގޮސްފައެވެ.
  • ބަންދުގައި ތިބި އިރު އިސްރާއީލު ސިފައިންގެ ފަރާތުން ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ލިބުނުކަމަށް އެކްޓިވިސްޓުން ވަނީ މައުލޫމާތުދީފައެވެ.
  • ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އަތުލައިގަތް 50 އުޅަނދު އަދިވެސް ވަނީ އިސްރާއީލުގެ ބެލުމުގެ ދަށުގައެވެ.
comment ކޮމެންޓް