އޭޑީއެޗްޑީއަށް ދޭ ބޭހެއް، މަނާ ލިސްޓުން އުނިކުރަން މަޖިލީހުން ރުހުންދީފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: --- ފޮޓޯ/ މަޖިލިސް

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މި ބޭސް މަނާ ތަކެތީގެ ލިސްޓުން އުނިކުރުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ އިއްތިފާގުންނެވެ. މި މައްސަލައަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލައެކެވެ. މީގެ ކުރިން މި ބޭސް މަނާވެފައި އޮތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ކަނޑައަޅާފައިވާތީއެވެ. މި ނިންމުމާއެކު، އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

  • އޭޑީއެޗްޑީ ކުދިންނަށް ދޭ މިތައިލްފެނިޑޭޓް މަނާ ލިސްޓުން އުނިކުރަން މަޖިލީހުން ފާސްކުރުން
  • 51 މެންބަރުންގެ އިއްތިފާގުން މި ބަދަލު ގެނައުމަށް ރުހުން ދިނުން
  • މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލައެއް
  • ކުރިއަށް އޮތް ތަނުގައި މި ބޭސް ރާއްޖެއަށް އެތެރެކޮށް ފަރުވާ ހޯދުމަށް ފަސޭހަވެގެންދާނެ

އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ބޭސް މަނާ ތަކެތީގެ ލިސްޓުން އުނިކުރުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލައަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކަކަށް އިސްލާހު ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި މައްސަލައެކެވެ.

މި މައްސަލަ ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ވަނީ މި ބޭސް އެތެރެކުރުމުގެ ހުއްދަ ދިނުމަށް އިއްތިފާގުން ނިންމާފައެވެ. ވަޒީރުންގެ މަޖިލީހުން މީގެ ކުރިން ނިންމާފައިވަނީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފާގެ މަތިން މި ބޭސް މަނާ ލިސްޓުން އުނިކުރުމަށެވެ.

https://sun.mv/221493

މިތައިލްފެނިޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ 'ފަސްޓްލައިން ޓްރީޓްމަންޓް' ނުވަތަ އެންމެ އަސާސީ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭހެކެވެ.

ނަމަވެސް، މި ބޭސް މިހާތަނަށް ރާއްޖެއަށް އެތެރެކުރުން މަނާވެފައި އޮތީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ކަނޑައަޅާފައިވާތީއެވެ. މިކަމުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންގެ އާއިލާތަކަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުން ބުނެފައިވަނީ، އޭޑީއެޗްޑީ ކުދިންގެ ފަރުވާއަށް މި ބޭސް ބޭނުންވާތީ، ގާނޫނީ ލިސްޓުން މިއުނިކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

https://sun.mv/221627

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މިދިޔަ އަހަރު ވަނީ މި ބޭސް ލިސްޓުން އުނިކޮށްދިނުމަށް އެދިފައެވެ.

މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގެ ޢަލާމާތްތައް ކުޑަކުރެވޭކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.

މަޖިލީހުގެ މި ނިންމުމާއެކު، ކުރިއަށް އޮތް ތަނުގައި މި ބޭސް ރާއްޖެއަށް އެތެރެކޮށް، ފަރުވާ ބޭނުންވާ ކުދިންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

comment ކޮމެންޓް