ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސްގެ ފައުންޑޭޝަނާއި ރާފްޓް ކޮންކްރީޓްގެ މަސައްކަތްތައް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލައި، މަޝްރޫއުގެ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މިއަހަރުގެ ޖެނުވަރީ މަހުގެ 26ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫގެ ދަށުން ރާއްޖޭގައި މިހާތަނަށް އެޅި އެންމެ ބޮޑު އެއް ރާފްޓް ފައުންޑޭޝަންގެ މަސައްކަތް ވަނީ ނިމުނު އޭޕްރިލް މަހުގެ 28ގައި ނިންމާލާފައެވެ. މިއީ މި މަޝްރޫއު ހިންގާ ފަރާތުގެ އިންޖިނިއަރިން ހުނަރާއި، މަސައްކަތްތައް އަވަސްކޮށް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމުގެ ގާބިލުކަން ހާމަކޮށްދޭ މުހިންމު ނިޝާނެއް ކަމަށް ޑިވޮލަޕަރުން ބުންޏެވެ.
ރާއްޖޭގެ މާހައުލުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު ކުރިމަތިވާ އެންމެ ފަންނީ އަދި އުނދަގޫ މަރުހަލާ ކަމަށްވާ ފައުންޑޭޝަންގެ މަސައްކަތް ކާމިޔާބުކަމާއެކު ނިމުމަކީ، ކުރިއަށް އޮތް ސްޓްރަކްޗަރަލް މަސައްކަތްތައް، އެއްވެސް ދަތިކަމެއްނެތި ބާރުމިނުގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމައި ހަވާލުކުރުން ކަމަށް މަޝްރޫއު ހިންގާ ފަރާތުން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން ފިތުރު އީދާ ގުޅުވައިގެން ޚާއްސަ އޮފާއެއްގެ ގޮތުގައި ބޭންކުތަކާއި ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރުން އުރީދޫ އަދި ދިރާގުގެ މުވައްޒަފުންނަށް އެޕާޓްމަންޓްގެ އަގުން ވަނީ އެއް ޕަސެންޓުގެ ޑިސްކައުންޓެއް ހަމަޖައްސާފައެވެ. މި ފުރުސަތު މިމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ބްލޫ ލެގޫންގެ ދެ ޓަވަރުން ވިއްކުމަށް ކަނޑައަޅާފައިވާ އެޕާޓްމަންޓްތަކަކީ، ގަންނަން ބޭނުންވާ ފަރާތްތަކަށް އެކި ސައިޒުތަކާއި އަގުތަކަށް ލިބިގެންދާނެ އެޕާޓްމެންޓުތަކެކެވެ.
މި މަޝްރޫއުގެ ދަށުން ލިބެން ހުރި ފުރުސަތުތަކަށް ބަލާއިރު، 1،035 އާއި 1،280 އަކަފޫޓާ ދެމެދުގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތައް 4.2 މިލިއަނާއި 5.11 މިލިއަން ދިވެހި ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރެއެވެ.
އަދި 1،340 އަކަފޫޓުގެ 2+1 ކޮޓަރީގެ އެޕާޓްމަންޓްތައް 5.21 މިލިއަން ރުފިޔާއިން ފެށޭއިރު، މިއީ ބޭނުންވެއްޖެ ހާލަތެއްގައި ތިން ކޮޓަރިއަށް ބަދަލުކޮށްލެވޭ ފަދަ ފަރުމާއަކަށް ހަދާފައިވާ ތަންތަނެވެ. މީގެ އިތުރުން، 1،795 އާއި 1،875 އަކަފޫޓުގެ ތިން ކޮޓަރީގެ ތަނަވަސް އެޕާޓްމަންޓްތައް 6.89 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ލިބެން ހުރެއެވެ.
މި އެޕާޓްމަންޓްތަކަކީ އިމާރާތުގެ ތިން ފަރާތުން މަންޒަރު ފެންނަ ގޮތަށް އަދި ވައި ދައުރުވާނެހެން ބޮޑެތި ބެލްކަނީތަކާއެކު ފަރުމާކޮށްފައިވާ ހާއްސަ ޔުނިޓްތަކެކެވެ.
މި މަޝްރޫއު އިތުރަށް ފުޅާކުރުމުގެ ގޮތުން، ބްލޫ ލެގޫންއިން މިހާރު ވަނީ "ސިގްނޭޗާ" އަދި "ގްރޭންޑިއާ" 4+1 ކޮޓަރީގެ އެޕާޓްމަންޓްތައްވެސް ތައާރަފުކޮށްފައެވެ. އެގޮތުން 2،315 އާއި 3،150 އަކަފޫޓާ ދެމެދުގެ އެ އެޕާޓްމަންޓްތަކަކީ ހުޅުމާލޭގައި ލަގްޒަރީ ދިރިއުޅުމުގެ އާ މިންގަނޑެއް ކަނޑައަޅާނެ ތަންތަނެވެ.
އިމާރާތުގެ އެކި ފަންގިފިލާތަކުން ލިބެން ހުންނަ އަލްޓްރާ ލަގްޒަރީ އެޕާޓްމަންޓްތަކުގައި އަމިއްލަ ޕްރައިވެޓް ލޮބީއާއި، ރަނގަޅަށް ވައި ދައުރުވާނެ ނިޒާމެއްގެ އިތުރުން މާހައުލުގެ ހިތްގައިމު މަންޒަރުތައް ފެންނާނެ ބޮޑެތި ޓެރަސްތައް ހިމެނޭނެއެވެ. މިއީ އާންމުކޮށް ހަމައެކަނި ޕެންޓްހައުސްތަކުން ނޫނީ ނުލިބޭނެފަދަ މަތީ ފަންތީގެ ތަޖުރިބާއެއް ކޮންމެ އެޕާޓްމަންޓަކުންވެސް ލިބިގެންދާނެ ފުރުސަތެކެވެ.
ބްލޫ ލެގޫން މަޝްރޫގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، އެތަނުން ފޯރުކޮށްދޭ ލަގްޒަރީ ދިރިއުޅުމާއި ތަފާތު ލައިފްސްޓައިލްގެ ފުރިހަމަ ގުޅުމެވެ. މި މަޝްރޫގައި ހިމެނޭ 35,000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއް ހާއްސަކުރެވިފައި ވަނީ އެންމެ ޒަމާނީ ވަސީލަތްތަކަށެވެ.
އޭގެ ތެރޭގައި ހިމެނޭ 'ކްލަބްހައުސް' އަކީ ހުރިހާ ވަސީލަތްތަކެއް ހަމައަށް ހުރި ޖިމަކާއި، އާއިލީ މުނިފޫހިފިލުވުމަށް ހާއްސަ ސެންޓަރަކާއި ތިއޭޓަރެއްގެ އިތުރުން މަލްޓިޕާޕަސް ހޯލަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
މީގެ އިތުރުން، އިމާރާތުގެ އެންމެ މަތީގައި ރާއްޖޭގެ އެންމެ ބޮޑު 'ޓެރަސް ގާޑަން' ގާއިމްކުރެވޭނެއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި 24,000 އަކަފޫޓުގެ މި ހިތްގައިމު ސަރަޙައްދަކީ ހަމައެކަނި އެތަނުގެ ރެޒިޑެންޓުންނަށް ހާއްސަ ހިތްފަސޭހަ މާހައުލެކެވެ.
އިމާރާތްކުރުމުގެ މަސައްކަތާއި ބުކިންގްސް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކުރުމަށް ނުވަތަ ސޭލްސް ޓީމާ ގުޅައިގެން އެކަންކަން ކުރިއށްގެންދިއުމަށް އެފަރާތުން ވަނީ އެދިފައެވެ.