ވޯލްޑް ކަޕް 2026: މުބާރާތުން ފުރުސަތު ގެއްލިފައިވާ މަޝްހޫރު ބައެއް ތަރިން

މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅޭވޭނެ ބައެއް މަޝްހޫރު ކުޅުންތެރިން --

ފުޓުބޯޅައިގެ އެންމެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި އަހަރުގެ ފީފާ ވޯލްޑް ކަޕުން ފެންނާނެ ނަމަވެސް، ދަނޑުމަތިން ފެނިގެން ނުދާނެ މޮޅު ހުނަރުވެރި ތަރިންތަކެއް ވެސް އެބަތިއްބެވެ.

އުތުރު އެމެރިކާގެ ތިން ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތުގައި 48 ޓީމު ވާދަކުރާއިރު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރފު ފެސްޓިވަލްގެ ގޮތުގައި ބެލެވިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މަރުހަލާގެ ތެރެއިން ފުޓުބޯޅައިގައި ނަން ހިނގާ މަޝްހޫރު، ބާރުގަދަ ބައެއް ގައުމުތަކަށް ވަނީ ފުރުސަތު ގެއްލިފައެވެ.

މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ޓީމަކީ މީގެ ކުރިން ހަތަރު ފަހަރު ވޯލްޑް ކަޕް ތަށި އުފުލާލާފައިވާ އިޓަލީއެވެ.

ޕްލޭ-އޮފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވުމާ ގުޅިގެން، ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެ ގައުމު ވޯލްޑް ކަޕުން މިވަނީ ކަޓައިފައެވެ.

ޖިއަންލުއިޖީ ޑޮނަރުއްމާ އާއި މަޝްޙޫރު މިޑްފީލްޑްރު ސަންޑްރޯ ޓޮނާލީ ފަދަ ފެންވަރު ރަނގަޅު ހުނަރުވެރި ކުޅުންތެރިންނާއެކު ވެސް، އިޓަލީއަށް ދެމިނުގަނެވުމަކީ އެ ޓީމަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ.

މަޝްހޫރު އިޓަލީގެ އިތުރުން އެފްރިކާގެ އެންމެ ކާމިޔާބު ދެ ގައުމުކަމަށްވާ ކެމަރޫން އާއި ނައިޖީރިއާއަށް ވެސް ވަނީ މިފަހަ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައިއެވެ.

ކެމަރޫން އަކީ ފަސް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ގައުމަކަށް ވާއިރު، ނައިޖީރިއާއަކީ ވެސް އެފްރިކާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ.

ނައިޖީރިއާގެ ކުޅުންތެރިން ކޮލިފައި މެޗެއްގެ ތެރެއިން... ފޮޓޯ/ސޮކަ އީސްޓް އެފްރިކާ

މީގެ އިތުރުން ޑެންމާކް އާއި ޕޮލެންޑަށް ވެސް މިފަހަރުގެ މުބާރާތުން ފުރުސަތު ލިބިފައެއް ނުވެއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މަޝްހޫރު ބޮޑެތި ގައުމުތަަކަށް މުބާރާތުން ފުރުސަތު ގެއްލުނުއިރު، އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންގެރިންގެ އިތުރުން އަނިޔާގެ ސަބަބުން ވެސް މިފަހަރޔގެ މުބާރާތާއި އަލަވަދާއު ކިޔަންޖެހިފައިވާ މަޝްހޫރު ކުޅުންތެރިންތަކެއް ވެސް އެބަ ތިއްބެވެ.

އެގޮތުން މިފަހަރުފެ ވޯލްޑް ކަޕުން ފެނިގެން ނުދާނެ މަޝްހޫރު ތަރިންގެ ތަފްސީލަށް ބަލާއިރު:

ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފައިވާ ބައެއް މަޝްހޫރު ތަރިން:

* ރޮޑްރީގޯ (ބްރެޒިލް) އަނިޔާގެ އަބަބުން

ރޮޑްރީގޯ ބްރެޒިލް އަދި ރެއާލް މެޑްރިޑްގެ ވިންގާ

* ޖިއަންލުއިޖީ ޑޮނަރުއްމާ (إޓަލީ) - ކޮލިފައިއެއް ނުވޭ

ޖިއަންލުއިޖީ ޑޮނަރުއްމާ (إޓަލީ) - ކޮލިފައިއެއް ނުވޭ

* ސާޖް ގްނަބްރީ (ޖަރުމަނުވިލާތް) އަނިޔާގެ ސަބަބުން

ސާޖް ގްނަބްރީ (ޖަރުމަނުވިލާތް) އަނިޔާގެ ސަބަބުން

* ސަންޑްރޯ ޓޮނާލީ (އިޓަލީ) - ކޮލިފައިއެއް ނުވޭ

ސަންޑްރޯ ޓޮނާލީ (އިޓަލީ)

* ރޮބަޓް ލެވަންޑޯސްކީ (ޕޮލެންޑް) - ކޮލިފައިއެއް ނުވޭ

ރޮބަޓް ލެވަންޑޯސްކީ (ޕޮލެންޑް)

މީގެ އިތުރުން ވެސް:

  • ވިކްޓަރ އޮސިމެން (ނައިޖީރިއާ) - ކޮލިފައިއެއް ނުވޭ
  • ހޫގޯ އެކިޓިކޭ (ފްރާންސް) (އަނިޔާގެ ސަބަބުން)
  • އެޑެމޯލާ ލުކްމަން (ނައިޖީރިއާ) - ކޮލިފައިއެއް ނުވޭ
  • ޒަވީ ސިމަންސް (ނެދަލޭންޑްސް) އަނިޔާގެ ސަބަބުން
  • ކްވިޗާ ކްވަރަޓްސްކޭލިއާ (ޖޯޖިއާ) - ކޮލިފައިއެއް ނުވޭ
  • ޑޮމިނިކް ސޮބޮސްލާއީ (ހަންގޭރީ) - ކޮލިފައިއެއް ނުވޭ
  • ޔެން އޮބްލަކް (ސްލޮވީނިއާ) އަނިޔާގެ ސަބަބުން
  • އެޑާ މިލިޓާއޯ (ބްރެޒިލް) އަނިޔާގެ ސަބަބުން
  • ސާމިއު އަގޭހޯވާ (ސްޕެއިން) އަނިޔާގެ ސަބަބުން
  • ޖެކް ގްރީލިޝް (އިންގްލެންޑް) އަނިޔާގެ ސަބަބުން
  • ޓަކޫމީ މިނަމީނޯ (ޖަޕާން) އަނިޔާގެ ސަބަބުން
  • ލޫއިސް އެންޖެލް މަލަގޮން (މެކްސިކޯ) އަނިޔާގެ ސަބަބުން

މިފަހަރު ގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 11 ގައެވެ. މުބާރާތުގައި 48 ޓީމު ވާދަކުރާނެއެވެ.

comment ކޮމެންޓް