ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މެޓްގެ އެލާޓެއް

މާލޭގައި ފެން ބޮޑުވި ދުވަހެއް: ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މެޓްގެ އެލާޓެއް ވަނީ ނެެރެފައި --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ. މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

  • ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރުން
  • ހއ. އިން ގދ. އަށް 14:00 އިން 20:00 އަށް އެލާޓް ނެރުން
  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރުން
  • ދެ މޫސުން ބެދޭ ދުވަސްވަރަށް ވުމުން ވިއްސާރަ ކުރާނެ ކަމަށް ބެލެވުން

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، 14:00އިން ފެށިގެން 20:00އަށް ވައިޓް އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު މެޓް އޮފީހުން ވަނީ މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން، މި ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ވަރަށް ބާރަށް ގުގުރައިފައިވެއެވެ. އަދި ހުޅުމާލެއަށް ހޮނު އަޅައި އިމާރާތަކަށް ގެއްލުންވެފައި ވެސްވެއެވެ.

comment ކޮމެންޓް