ވިޔަފާރިތަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަމުން ދަނީ މަސައްކަތްތެރިންގެ ކުރިއެރުމަށް: ސައީދު

މިނިސްޓަރު ސައީދު އެވޯޑު ލިބުނު ވިޔަފާރިއަކާ އެކީ: ވިދާޅުވީ، ވިޔަފާރިތަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަމުން ދަނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށް -- ފޮޓޯ/ ސައީދު

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވިޔަފާރިތަކަށް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ދައްކަމުން އަންނަނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށެވެ. މަސައްކަތްތެރިންގެ އަގުވަޒަންކޮށް، ގިނަ ބަޔަކު މަސައްކަތަށް އަހުލުވެރިކުރުމަކީ ގައުމުގެ އިގުތިސާދުގެ ވިލުންތެރިކަން ދެމެހެއްޓުމުގައި ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހުނަރާއި ފަންނުވެރިކަން ލިބިފައިވާ އާބާދީއެއް އޮތުމަކީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ނަސީބެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނުލިބިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަރުކާރުން ދައްކަމުންދާއިރު، މިއީ ރާއްޖޭގެ އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިގުތިސާދު ސިންދަފާތުކުރުމަށާއި، ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ހާމަކުރެއްވިއެވެ.

  • ވިޔަފާރިތަކަށް ސަރުކާރުން ފައިސާ ދައްކަމުންދަނީ މަސައްކަތްތެރިންގެ ކުރިއެރުމަށެވެ.
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނުލިބިވާ ފައިސާ ސަރުކާރުން އަންނަނީ ދައްކަމުންނެވެ.
  • އިގުތިސާދު ސިންދަފާތުކުރުމަށާއި ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
  • ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދޭ މަސައްކަތްތަކަށް ފައިސާ ނުލިބި ލަސްވުމެވެ.

ވިޔަފާރިތަކަށް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ދައްކަމުން އަންނަ ކަމަށާއި އެކަން ކޮށްދެނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މިނިސްޓަރު ވިދާޅުވީ، މަސައްކަތްތެރިންގެ އަގުވަޒަންކޮށް، މަސައްކަތްތަކަށް ގިނަ ބަޔަކު އަހުލުވެރި ކުރުމަކީ ޤައުމުގެ އިޤްތިޞާދުގެ ވިލުންތެރިކަން ދެމެހެއްޓުމުގައި މުހިންމު ކަމެއް ކަމަށެވެ.

ޚާއްސަކޮށް ހުނަރާއި ފަންނުވެރިކަމާއި އެފަންނަކުން އުނގެނި ތިބި އާބާދީއެއް އޮތުން ވާނީ ލިބިފައިވާ ނަސީބަކަށް ކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން، މި ސަރުކާރުން ފަށާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ޒަމާންވީ ސިނާއަތްތަކުގައި ޝާމިލްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައި ހުރި ޒަމާންވީ އެތައް މައްސަލައެއް ޙައްލުކުރުމަށް މި ސަރުކާރުން ފައްޓަވާފައިވާ ކަންކަމަކީ ރާއްޖޭގެ ކުރިމަގަށް އެޅިފައިވާ ހަރުދަނާ ބިންގާތަކެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވިއެވެ.

ރައީސާއި މިނިސްޓަރު ސައީދު: ވިދާޅުވީ، ވިޔަފާރިތަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަމުން ދަނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށް -- ފޮޓޯ/ ބީސީސީ

މިނިސްޓަރު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ނުލިބިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކައި، މިހާރު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކަމުން އަންނަ ކަމަށެވެ. އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވި ބޮޑެތި އެތައް މައްސަލައަކަށް ހޯދިފައިވާ ކާމިޔާބެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި، އެ ކަންކަން ގުޅެނީ މަސައްކަތްތެރިންގެ ކުރިއެރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ފާހަގަކުރެއްވި ކަންކަން:

  • ފޮރިން އިންވެސްޓް ގާނޫނާއެކު، ދިވެހީންނަށް އެތައް ވިޔަފާރިއެއް ޚާއްސަވެފައިވުން
  • އިގުތިޞާދު ޑައިވާސިފައި ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން
  • އެސްއީޒެޑުގެ ގާނޫނު ތަންފީޒުކޮށް، ސަސްޓެއިނަބަލް ޓައުންޝިޕުގެ މަސައްކަތް ފެށިފައިވުން
  • ޕާލް ވިސާގެ މަސައްކަތް ކުރިއަށްދާކަން
  • އަލިޕޭ، ރުޕޭ ކާޑުގެ ޚިދުމަތް ފަހިވެފައިވުން
  • ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ވަރަށް އަވަހަށް ލިބޭނެކަން

ސައީދު އެފަދައިން ވިދާޅުވިއިރު، ގިނަ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވުމެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހު ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވެސް އެތައް ވިޔަފާރިވެރިއަކު އެ ކަންބޮޑުވުން ހިއްސާކުރިއެވެ.

ސަރުކާރުން ނުދައްކައިހުރި ފައިސާގެ ތެރޭ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ ބިލުތައް ވެސް ހިމެނެއެވެ. އެ ވިޔަފާރިވެރިން ވަނީ ލިބެންޖެހޭ ފައިސާއާއި އެ ވިޔަފާރިވެރިން ދައްކަންޖެހޭ ޓެކުހާ ލައިގެން ނަމަވެސް އެ މައްސަލަ ހައްލުކޮށްދޭން އެދިފައެވެ.

comment ކޮމެންޓް