ދަނާލުގައި އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކާއި ވީޑިއޯތައް ނުފަތުރަން އެދިއްޖެ

ގައުމީ ޔުނިވާސިޓީގެ ދަނާލު ބޭރުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ: އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތައް ނުފަތުރަން އެދިއްޖެ --

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. މި ހާދިސާއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި ވީޑިއޯ ފަތުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ އޭގެ ސަބަބުން އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ތަހުގީގަށް ހުރަސްއެޅިދާނެތީއެވެ.

  • ގައުމީ ޔުނިވާސިޓީގެ ދަނާލުގައި 18 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެ
  • މި މައްސަލަ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގުކުރަމުން
  • ހަގީގަތާ ޚިލާފު ވާހަކަތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ނުފެތުރުމަށް އިލްތިމާސްކޮށްފައިވޭ
  • ދޮގު މައުލޫމާތު ފެތުރުމަކީ އާއިލާއަށް ހިތްދަތިކަން ލިބި ތަހުގީގަށް ހުރަސްއެޅޭނެ ކަމެއް

ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ މަރުވި ހާދިސާއާ ގުޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކާއި، ވީޑިއޯ ފަދަ ތަކެތި ނުފެތުރުމަށް ފުލުހުން މިރޭ އެދިއްޖެއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ މަރުވެފައި ވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މިރޭ ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރޭ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ޚިދުމަތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާއާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://sun.mv/220906

އެހެންކަމުން، ސައްހަކަން ކަށަވަރުނުކުރެވޭ މި ފަދަ މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގައުމީ ޔުނިވާސިޓީގެ ދަނާލަކީ އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅޭ ތަނެކެވެ.

comment ކޮމެންޓް