ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަނާލުގައި ދިރިއުޅެމުންދިޔަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ރޭ ދަންވަރު ނިޔާވި މައްސަލައެއް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެ ތަޙުޤީޤުކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
- ރޭ ދަންވަރު ގައުމީ ޔުނިވަރސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު ނިޔާވުން
- ނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ދަރިވަރެއްކަން ފުލުހުން ކަށަވަރުކޮށްދިނުން
- ރޭ ދަންވަރު 2:30 ހާއިރު ފުލުހުންނާއި ސިފައިން ދަނާލު ސަރަހައްދުގައި ހަރަކާތްތެރިވުން
- މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދިއުން
ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ ދަންވަރު މަރުވެއްޖެއެވެ.
ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ވެސް ހަރަކާތްތެރިވެފައިވެއެވެ.
"ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަރުވެފައިވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހިއްސާ ނުކުރެއެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އެކި ކޯސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅެއެވެ.