ދިރާގުން އެފްޑީސީ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް ހިލޭ 5ޖީ ޓާބޯ ރައުޓާ ލިބޭ ޕްރޮމޯޝަނެއް

ދިރާގުން އެފްޑީސީ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް ހިލޭ 5ޖީ ޓާބޯ ރައުޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި -- ފޮޓޯ/ ދިރާގު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކަށް ބަދަލުވާ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާގުން ވަނީ ހިލޭ 5ޖީ ޓާބޯ ރައުޓާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން 749 ރުފިޔާއިން ފެށިގެން މަތީގެ 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ރައުޓަރު ހިލޭ ލިބޭނެއެވެ. މިއީ އާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ޚަރަދަކާ ނުލައި ފަސޭހަކަމާއެކު ހައިސްޕީޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި ޕްރޮމޯޝަނެކެވެ. ދިރާގުގެ 5ޖީ ޓާބޯ ޚިދުމަތަކީ ސްޓްރީމް ކުރުމާއި ގޭމް ކުޅުމުގެ އިތުރުން ރިމޯޓްކޮށް މަސައްކަތް ކުރުމަށްވެސް އެންމެ އެކަށޭނެ ހަލުވި އަދި އިތުބާރު ހުރި ކަނެކްޝަނެކެވެ. މި ޚިދުމަތް ދިރާގުގެ މައި އެކައުންޓް މެދުވެރިކޮށް ހޯދޭނެއެވެ. އަދި ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އެފްޑީސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތަކުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން ދާނެކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

  • އެފްޑީސީ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިރާގުން ހިލޭ 5ޖީ ޓާބޯ ރައުޓާ ދޫކުރަން ފެށުން
  • 749 ރުފިޔާއިން ފެށިގެން މަތީގެ ޕްލޭންތައް ނަގާ ފަރާތްތަކަށް މި ޕްރޮމޯޝަން ލިބުން
  • އާ ފުލެޓުތަކަށް ބަދަލުވާ ފަރާތްތަކަށް އިތުރު ޚަރަދަކާ ނުލައި އިންޓަނެޓް ގާއިމުކޮށްދިނުން
  • ޚިދުމަތަށް އެދުމަށް ދިރާގު މައި އެކައުންޓް ބޭނުންކުރެވުން
  • ކޮންމެ ދުވަހަކު ހަވީރު 4:00 އިން 8:00 އަށް ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދިނުން

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، 749 ރުފިޔާއިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 5ޖީ ޓާބޯ ރައުޓާ ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މިއީ އަލަށް ފުލެޓުތަކަށް ބަދަލުވާ ފަރާތްތަކަށާއި، އާ ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ޚަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ޚިދުމަތް ފަސޭހަކަމާއެކު ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަނެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު 5ޖީ ޓާބޯ ޚިދުމަތަކީ ސްޓްރީމް ކުރުމާއި، ގޭމް ކުޅުމާއި، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް އެންމެހައި ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ ޚިދުމަތެކެވެ. އެހެންކަމުން ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޚިދުމަތާއެކު ހިލޭ ލިބޭ ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފައިދާ ވަގުތުން ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު 'މައި އެކައުންޓް' މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތައް އެދި ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ހަވީރު 4:00އިން ރޭގަނޑު 8:00އަށް އެފްޑީސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. އަދި އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދިނެވެ.

މުޖުތަމައުތައް ޑިޖިޓަލްކޮށް ބާރުވެރިކުރުވުމަށާއި، ޒަމާނީ ކަނެކްޓިވިޓީގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމުގައި ދިރާގުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދިރާގުން ވަނީ ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު