މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް (ޖީއައިއޭ) ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން "ސޭވް ވިތް އެމްއައިބީ 2026"ގެ ނަމުގައި އެ ބޭންކުން ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެމްއައިބީއިން ބުނީ މި ޕްރޮމޯޝަނަކީ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވާ އާ ކަސްޓަމަރުންނަށް، ބޮޑެތި އިނާމުތަކާއެކު، އަށް ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރިޔެއް ހޮވައި، އަގުހުރި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީއިން ބުނެއެވެ. އަދި ޕްރޮމޯޝަނުގެ މުއްދަތުގައި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވައިގެން އެއަށް ޖަމާކުރާ ފައިސާގެ ފައިދާއަށް ވަރަށް ރަނގަޅު ކޮމްޕެޓިޓިވް މާކެޓް ރޭޓުތަކެއް ލިބޭނެކަމަށް ވެސް އެމްއައިބީން އަންދާޒާކުރެއެވެ.
އެމްއައިބީއިން ބުނީ ދިވެހި ރުފިޔާއިންނާއި ޔޫއެސް ޑޮލަރުން ވެސް ހުޅުވޭ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓްތަކަކީ މަދުވެގެން އެއް އަހަރުގެ ޓެނުއާ ޕީރިއަޑެއް ހިމެނޭ އެކައުންޓްތަކެއް ކަމަށެވެ.
އެގޮތުން މުސްތަގްބަލަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެއް ކަމަށާއި އެމްއައިބީގެ އެހެން ޚިދުމަތްތަކެކޭ ވެސް އެއްގޮތައް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކީވެސް، އެމްއައިބީއަށް ނުގޮސް ވަރަށް ފަސޭހައިން ޑިޖިޓަލްކޮށް ހުޅުވާލެވޭނެ އެކައުންޓުތައް ކަމަށް އެ ބޭންކުން ބުނެއެވެ.
ގިނައިން ރައްކާކުރާ ފައިސާގެ ފައިދާވެސް ބޮޑުވާނެކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.
އެހެންކަމުން ފަހަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކުން ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވާލައިގެން މި ފުރުޞަތުގެ ބޭނުން އަވަހަށް ހިފުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.
މީގެ ސަބަބުން ފަހަށް ރައްކާކުރެވުނުކަމުގެ ހިތްހަމަޖެހުމާއެކު، އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތު ވެސް ފަހިވާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރުމުން ބައިވެރިވެވޭނެ ކަަމަށެވެ.