100 އަށްވުރެ ގިނަ ބަންދު ރިކޯޑު އޮތް މީހެއް، ފޭރުމުގެ މައްސަލައެއްގައި ޖަލަށް

ތ. ތިމަރަފުށީ ލަކީހައުސް، ސަފްވާން އަލީ: އޭނާ އެކި މައްސަލަތަކުގައި 100އަށް ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވޭ --

ތ. ތިމަރަފުށީ ލަކީހައުސް، ސަފްވާން އަލީއަކީ އެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރުނު މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. މީގެ ކުރިންވެސް އޭނާ ވަނީ ލެޕްޓޮޕަކާއި، ޓްރިމަރަކާއި ގަލަންތަކެއް ވަގަށް ނެގުމުގެ އިތުރުން އެހެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަތަކެއްގައި ހައްޔަރުކޮށްފައެވެ.

  • ސަތޭކައަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ ސަފްވާން އަލީއަށް ޖަލު ހުކުމެއް އިއްވުން.
  • ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރުނުކަމަށް ޝަރީއަތުގައި އޭނާ އިއުތިރާފުވުން.
  • ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް.
  • މީގެ ކުރިންވެސް ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި އޭނާ ހައްޔަރުކޮށްފައިވުން.

އެކި ބާވަތްތަކުގެ މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއްގެ މައްޗަށް ފޭރުމުގެ މައްސަލައެއްގައި ޖަލު ހުކުމެއް އިއްވައިފިއެވެ.

އެކި ބާވަތްތަކުގެ މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކީ، ތ. ތިމަރަފުށީ ލަކީހައުސް، ސަފްވާން އަލީއެވެ. އޭނާގެ މައްޗަށް ފޭރުމުގެ މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް، މިދިޔަ ހަފުތާގައި އިއްވީ ބޭރު މީހެއްގެ އަތުން 33،500 ރުފިޔާ ފޭރިގެން މައްސަލައިގައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު، އެހެން މީހާކާ އެކު ފޭރުނު މި މައްސަލައިގެ ޝަރީއަތުގައި އޭނާވަނީ ކުށަށް އިއުތިރާފުވެފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ތުހުމަތުގައި ވެސް ވަރަށް ފަހުން އޭނާ ހައްޔަރު ކުރިއެވެ. މި މީހާއަކީ އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ މީހެކެވެ.

މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައަކާއި، ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ. އޭގެ ފަހުން ޓްރިމަރަކާއި ގަލަންތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ ފަހަރު ވެސް ބަންދު މުއްދަތު ޖެހި ކަމަށް ރިކޯޑްތަކުން ދައްކައެވެ.

comment ކޮމެންޓް