އީރާން ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕް -- ފޮޓޯ: އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކާ ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށެވެ. މިވަގުތު އެމެރިކާ ސިފައިން ފައިބައިފިނަމަ އީރާނު އަލުން އާރާސްތުކުރަން 20 އަހަރު ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުގައި ކުރިއަށްދިޔަ މަޝްވަރާތަކުން އަދި އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް، ދެ ފަރާތުންވެސް އަންނަނީ ދެ ހަފުތާގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަލުން މަޝްވަރާތައް ފެށިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

  • އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކާ ގާތްވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވުން.
  • އީރާނު އަލުން އާރާސްތުކުރަން 20 އަހަރު ނަގާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވުން.
  • ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުގައި ކުރިއަށްދިޔަ މަޝްވަރާތަކުން އަދި އެއްބަސްވުމަކަށް ނާދެވުން.
  • ދެ ފަރާތުންވެސް ދެ ހަފުތާގެ ވަގުތީ އެއްބަސްވުމަކަށް އަމަލުކުރަމުން ދިއުން.

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކާ ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

ފޮކްސް ބިޒްނަސްގެ ނޫސްވެރިޔާ މާރިއާ ބާޓިރޯމޯއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ އޮތީ ނިމުމަކާ ވަރަށް ބޮޑަށް ގާތްވެފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަދު ދެއްކުމަށް ހަމަޖެހިފައިވާ މި އިންޓަވިއުގެ ބައެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، ޓްރަމްޕް ވިދާޅުވީ މިވަގުތު އެމެރިކާގެ ފައުޖުތައް ފައިބައިފިނަމަ، އީރާނު އަލުން އާރާސްތުކުރަން 20 އަހަރު ނަގާނެ ކަމަށެވެ. އަދި އެމެރިކާގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށާއި، ނަމަވެސް އީރާނުން އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިންޓަވިއުއާ ގުޅޭގޮތުން އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ނޫސްވެރިޔާ ބާޓިރޯމޯ ބުނީ، އިންޓަވިއުގެ ތެރޭގައި ޓްރަމްޕް ވަނީ ހަނގުރާމަ ނިމިއްޖެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމާ ގުޅޭގޮތުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިދިޔަ ހަފުތާބަންދުގައި މަޝްވަރާތަކެއް ކުރިއަށްދިޔަ ނަމަވެސް، އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި އަލުން މަޝްވަރާތައް ފެށިދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އަންގާރަ ދުވަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނު މެދުވެރިވެގެން މި މަހު އަށް ވަނަ ދުވަހު ގެނައި ދެ ހަފުތާގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ފަރާތުންވެސް އަންނަނީ އަމަލުކުރަމުންނެވެ.

comment ކޮމެންޓް