ފޮރިން މިނިސްޓަރު ހަލީލް މަގާމުން ވަކިކޮށްފި

ފޮރިން މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލް -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ނުވަތަ ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. އަބްދުއްލާ ހަލީލް އެ މަޤާމުން ވަކިކުރައްވައިފިކަން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މި ވަގުތު މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ޚަބަރަކީ ކުއްލި ގޮތަކަށް އައި ޚަބަރަކަށް ވުމާއެކު، ސަރުކާރުގެ ފަރާތުން އިތުރު މަޢުލޫމާތުތައް ފަހުން ހާމަކުރާނެކަމަށް ބެލެވެއެވެ. ޚާރިޖީ ވަޒީރުގެ މަޤާމަކީ ދައުލަތުގެ ވަރަށް މުހިންމު މަޤާމަކަށް ވުމާއެކު، މިއީ ސިޔާސީ މައިދާނުގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ.

  • ފޮރިން މިނިސްޓަރު ޑރ. އަބްދުއްލާ ހަލީލް ވަނީ މަޤާމުން ވަކިކުރައްވާފައި
  • މަޤާމުން ވަކިކުރެއްވި ސަބަބުގެ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވޭ
  • މިކަމާ ގުޅޭ އިތުރު މަޢުލޫމާތުތައް ފަހުން ލިބޭނެކަމަށް ރިޕޯޓުކޮށްފައިވޭ
  • މިއީ ކުއްލި ގޮތަކަށް ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބޮޑު ބަދަލެއް

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް, މަގާމުން ވަކި ކުރައްވައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހަލީލް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އެކަން މިނިސްޓްރީގެ މުވައްޒަފުންނަށް އެންގެވުމަށް ފަހު ހަލީލް ދެންމެ ވަނީ މިނިސްޓްރީން ނުކުމެވަޑައިގެންފައެވެ.

ހަލީލް އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ, 2024 ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

https://www.sun.mv/220315

މި ސަރުކާރު އައި ފަހުން ރާއްޖޭގެ ހާރިޖީ ދާއިރާއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ, ބައެއް ގައުމުތަކާ އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި ބޭރު ދުނިޔެއިން ރާއްޖެއަށް ޒަމާނުންސުރެ ލިބެމުން އައި ހިލޭ އެހީތައް ވެސް ލިބުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއާއެކު ހާރިޖީ ދާއިރާ ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ވަކި ކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން އިސްތިއުފާ ދެއްވައިފައިވެއެވެ.

އިއްޔެ ވަނީ ރައީސް މުއިއްޒާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ, އަލީ އާރިފް, ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް