އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ވެސް އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވި އެމްޑަބްލިއުއެސްސީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު --

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މަތީންގެ އިތުރުން މިއަދު މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަރުހަތު ޝަހީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި ބަދަލުތައް އައިސްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، ފެންނަނުފެންނަ ވޯޓުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

  • އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން އިސްތިއުފާ ދެއްވުން
  • މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަރުހަތު ޝަހީރު ވެސް މަގާމުން ވަކިވެވަޑައިގަތުން
  • ފާއިތުވި ދެ ހަފުތާ ތެރޭގައި ފެނަކަ އަދި އެމްޕީއެލްގެ ވެރިން ވެސް އިސްތިއުފާ ދެއްވާފައިވުން
  • މި އިސްތިއުފާތައް އައިސްފައިވަނީ ވޯޓުތަކުން ސަރުކާރަށް ނާކާމިޔާބުވެފައިވާ ވަގުތެއްގައިކަން

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވެސް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވިކަން މަތީން ހާމަކުރެއްވީ ސޯޝަލް މީޑިއާގައެވެ. އޭނާ ވިދާޅުވީ މިއަދުން ފެށިގެން އިސްތިއުފާ ދެއްވީ ކަމަށެވެ. ނަމަވެސް ސަބަބު ހާމަނުކުރައްވައެވެ.

މިއަދު މަތީން އިސްތިއުފާ ދެއްވިއިރު، މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

https://sun.mv/220485

މިދިޔަ ދެ ހަފުތާގެ ތެރޭ ފެނަކައާއި، އެމްޕީއެލްގެ ވެރިން ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ފެނަކައާއި، އެޗްޑީސީގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

ކުއްލިއަކަށް ބައެއް އިސް ވެރިން މަގާމުން އިސްތިއުފާ ދެއްވައި، ބައެއް ބޭފުޅުން މަގާމުން ވަކިކުރަމުން އަންނައިރު ލޯކަލް ކައުންސިލް އިންތިޚާބާއި، ފެންނަނުފެންނަ ވޯޓުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުނުތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ، މި މަހު ހަތަރެއްގައި، ނެގި ފެންނަނުފެންނަ ވޯޓުގައި 70 އިންސައްތައެއްހާ ރައްޔިތުންވަނީ ސަރުކާރަށް ނޫނެކޭ ބުނެފައެވެ.

comment ކޮމެންޓް