މަރާމާތުކުރުމަށް ރަސްފަންނު ވަގުތީގޮތުން ބަންދުކޮށްފި

ރަސްފަންނު: މި ސަރަހައްދު މަރާމާތު ކުރުމަށް މިއަދުން ފެށިގެން އެކި ސަރަހައްދުތައް ބަންދު ކުރަނީ ---- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ

ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފައެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކުރެވުނު ތަނަކަށްވާއިރު، މީގެ ކުރިން ކުރިމަތިވި މައްސަލަތަކަށް ހޯދާފައިވަނީ ވަގުތީ ހައްލުތަކެކެވެ. މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު މިނިސްޓްރީއާ މި މަސައްކަތް ހަވާލުކޮށްފައިވާއިރު، މިއީ ރައީސް މުއީއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރެވެއެވެ. ރަސްފަންނުގެ މަސައްކަތް ފެށުނު ނަމަވެސް، އަމީނީމަގުގެ ހަލާކުވެފައިވާ ތާރުގަނޑުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.

  • ރަސްފަންނު މަރާމާތުކުރުމަށްޓަކައި އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފި.
  • މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަސައްކަތްކުރާ ސަރަހައްދުތައް ބަންދުކުރަމުންދާނެކަން އިއުލާންކޮށްފި.
  • މި މަސައްކަތަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިޓީ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ މަސައްކަތެއް.
  • ރަސްފަންނުގެ މަސައްކަތް ފެށުނު ނަމަވެސް އަމީނީމަގުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައެއް ނުވޭ.

ރަސްފަންނު މަރާމާތުކުރުމަށް، އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެެހެންކަމުން އެ ސަރަހައްދުގެ މަސައްކަތް ހިނގާ މުއްދަތުގައި މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެކަން އާއްމުކޮށް އަންގާ އިޢުލާންކުރާކަމަށެވެ.

ރަސްފަންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްްޤީކުރި ސަރަހައްދެކެވެ. އޭގެ ފަހުންވެސް އެ ސަރަހައްދަށް އެކިއެކި މައްސަލަތައް އައީ ކުރިމަތިވަމުންނެވެ. އެެހެންކަމުން އެކަންކަމަށް ވަގުތީ ހައްލުތަކެއް އައީ ހޯދަމުންނެވެ.

ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތްތައް، ސިޓީ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އޭރު މަރާމާތުތަކެއް ކުރަންފަށަން ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

https://sun.mv/202832

ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ތެރޭގައި، ރައީސް މުއީއްޒު ވަނީ ރަސްފަނާއި ސަލްޓަން ޕާކު މަރާމާތުކޮށް ތަރައްގީ ކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީން ބުނެފައިވާއިރު، އަމީނީމަގުގެ ތާރުގަނޑުން ނަގާފައިވާ ބޮޑެތި "މުލިހި" ތަކާހެދި މަގުގައި ދުއްވުމަށް ވަނީ ނުރައްކާވެފައެވެ. ނަމަވެސް، އެކަން ހައްލުކޮށްދޭން އަދި މަސައްކަތެއް ނުފަށައެވެ.

comment ކޮމެންޓް