މިދިޔަ ރަމަޟާން މަހު ގަވިންއިން ކުރިއަށް ގެންދިޔަ ރަމްލޯން ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
ގަވިންއިން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 1،000 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށެވެ. އެ ޕްރޮމޯޝަން ވަނީ އީދު ދުވަހުގެ ނިޔަލަށް ކުރިއަށްގެންގޮސްފައެވެ.
ރޭ އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށް ދެއްކި ލައިވްގައި ނަސީބުނެރިޔާ ހޮވާފައިވާއިރު، ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ނަސީބުވެރިއަކީ މަހާޝެވެ.
މަހާޝަށް ލިބިފައިވާ އިނާމަކީ، ހއ. ހޯރަފުށީގައި ހުންނަ "އަރާއިކު ބީޗް ވިލެޖް" ގައި ފަސް މީހުންނަށް ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެވެ. އޭގެ ތެރޭގައި ދެކޮޅު ޑޮމެސްޓިކް ޓިކެޓް ވެސް ހިމެނެއެވެ.
އަރާއިކު ބީޗް ވިލެޖަކީ ރާއްޖޭގެ އުތުރުގައި ހުންނަ، ހިތްގައިމު މާހައުލެއް އޮންނަ ގެސްޓްހައުސްއެކެވެ. އަމިއްލަ ބީޗަކާއި ވޯޓާސްޕޯޓްސްގެ ޚިދުމަތްތައް ލިބޭ އެ ގެސްޓްހައުސަކީ ފަހުގެ ޒަމާނީ ފަރުމާތަކަށް ތައްޔާރުކޮށްފައިވާ ތަފާތު ތަނެކެވެ.
ގަވިން އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަފާތު ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އިންޓީރިއާ ސޮލިއުޝަންސްގެ ދާއިރާގައި ރާއްޖޭގައި މިހާރު މަގުބޫލު ގަވިންގެ ފިހާރަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ހުޅުވާފައި ހުންނާނެއެވެ.
ފިހާރަތައް ހުންނާނީ:
ގަވިން ޑެކޯ، މާލެ: މަޖީދީމަގު، ފޯން: 9588833
ބާޒާރު ގަވިން، މާލެ: އެމް. އަރީކާ، ބޮޑުތަކުރުފާނު މަގު، ފޯން: 9428899
ގަވިން ހުޅުމާލެ: ރީތިގަސް މަގު، ފޯން: 9588899