މާލޭގެ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ތެރޭގައި ތިބި ފަސް ފިރިހެނަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 06:35 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ހަތަރު ބިދޭސީންނާއި އެއް ދިވެއްސަކަށެވެ. މިއީ ކިހިނެއް ހިނގި ހާދިސާއެއްކަން އަދި ސާފުނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
- މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި 5 މީހަކު ޚަބަރު ހުސްވެފައި އޮއްވައި ފެނިއްޖެ
- މި މީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން
- މީގެ ތެރޭގައި ހިމެނެނީ 4 ބިދޭސީންނާއި 1 ދިވެއްސެއް
- ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ހެނދުނު 06:35 ހާއިރު
މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއް ތެރޭގައި ފަސް ފިރިހެނަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައި އޮއްވައި، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް މިއަދުގެ ހެނދުނު 06:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ޚަބަރު ހުސްވެފައި ވަނިކޮށް ފެނިފައި ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މި އެންމެންނަކީ ވެސް ފިރިހެނުން ކަމަށާއި، އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.