ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ މަދީނާގައި ވަނީ ސޮއިކޮށްފައެވެ. މި މުހިންމު އެއްބަސްވުން އެކުލަވާލާފައިވަނީ ރާޖިޙީ ކޮންޕެނީއާއެކުގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ. ހުޅުމާލެ ބޮޑު މިސްކިތަކީ 2006 ވަނަ އަހަރު ބިނާކުރެވުނު، 1،800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގަ ތަނަވަސްކޮށްދީފައިވާ މިސްކިތެކެވެ.

  • ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
  • މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަދީނާގައި، ރާޖިޙީ ކޮންޕެނީއާއެކު
  • މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން
  • މި މިސްކިތަކީ 2006 ގައި ބިނާކޮށްފައިވާ، 1،800 މީހުންގެ ޖާގައިގެ މިސްކިތެއް

ހުޅުމާލޭ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙާއްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު ޝަހީމް މިރޭ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި، މަދީނާގެ މާތް ބިމުގައި، މިރޭ ސޮއިކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާޖިޙީ ކޮންޕެނީއާއެކުގައި ކަމަށެވެ. އަދި މަސައްކަތްކުރަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެން މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ބޮޑު މިސްކިތުގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުމާލެ ބޮޑު މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ. އަދި އެ މިސްކިތަކީ 1،800 އަށް ވުރެ ގިނަ މީހުންނަށް ޖާގަ އޮންނަ މިސްކިތެކެވެ.

comment ކޮމެންޓް