އިންޑިއާގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް، އޭނާގެ އަމިއްލަ ފިލްމު އުފައްދާ ކުންފުނި "އިޓާނަލް ސަންޝައިން" މެދުވެރިކޮށް ކުޑަކުދިންނަށް ހާއްސަ އައު މަޝްރޫޢުތަކެއް ފެށުމަށް ނިންމައިފިއެވެ. މި އިއުލާނާއެކު، އޭނާގެ ކުންފުނީގެ ދަށުން "އިޓާނަލް ކިޑްސް" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އައު ގޮތްޕެއް އުފައްދާފައިވާކަން ވަނީ ހާމަކޮށްފައެވެ. މިއީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިއެއްގެ ހައިސިއްޔަތުން އާލިއާ މިހާރު ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ދަށުން ތިން އުފެއްދުމެއް ގެނެސްދޭނެކަން އިއުލާނުކޮށްފައިވާއިރު، އެ އުފެއްދުންތައް ގެނެސްދޭނީ ކުޑަކުދިންގެ މެދުގައި މަގުބޫލުވާނެ ގޮތްތަކަށް ކަމަށް އާލިއާ ބުނެފައިވެއެވެ. އާލިއާ ބުނިގޮތުގައި މިހާރު ވެސް ތިން މަޝްރޫޢެއްގެ މަސައްކަތް ވަނީ ފެށިފައެވެ. އެއީ "ސީ އެންޑް ޖީ"، "އެމް އޫލަންގޫ" އަދި "އެޑްވެންޗަސް އޮފް އެޑް-އަ މަމާ" އެވެ. މި ކޮންޓެންޓްތައް ތައްޔާރުކުރުމުގައި އޭނާގެ އާއިލީ ގުޅުންތަކަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ.
މި އުފެއްދުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ގެނެސްދޭ "ސީ އެންޑް ޖީ" އަކީ އާލިއާގެ ކާފަ އުފައްދާފައިވާ ޝަހުސިއްޔަތުތަކާއި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ އެއްޗެކެވެ. މިއީ އޭނާ އާއި އޭނާގެ ދައްތަ ޝާހީން ބަޓް ކުޑައިރު ކާފަގެ ފަރާތުން އަޑުއެހި، ވަރަށް ހަނދާން އާވާ ވާހަކަތަކެއް ކަމަށް އާލިއާ ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން "އޫލަންގޫ" އަކީ އާލިއާގެ މަންމަ އަމިއްލައަށް ލިޔެފައިވާ، ތަފާތު ކެރެކްޓާއެއް އެކުލެވޭ ވާހަކައެކެވެ. މި މަސައްކަތްތަކަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ އިތުރުން، އާއިލީ ތަރިކަ ދެމެހެއްޓުމަށް އާލިއާ ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.
- އާލިއާ ބަޓްގެ ފިލްމު ކުންފުނިން "އިޓާނަލް ކިޑްސް" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ގޮތްޕެއް ހުޅުވައިފިއެވެ.
- މި މަޝްރޫޢުގެ ދަށުން ކުޑަކުދިންނަށް ހާއްސަ ތިން އުފެއްދުމެއް ގެނެސްދޭނެކަން ވަނީ އިއުލާނުކޮށްފައެވެ.
- "ސީ އެންޑް ޖީ" އަކީ އާލިއާގެ ކާފަ އުފައްދާފައިވާ ޝަހުސިއްޔަތުތަކަށް ބިނާކޮށް ތައްޔާރުކުރާ ވާހަކައެކެވެ.
- "އޫލަންގޫ" އަކީ އާލިއާގެ މައިކަނބަލުން ލިޔުއްވާފައިވާ ތަފާތު ކެރެކްޓާއެއް އެކުލެވޭ ވާހަކައެކެވެ.
- "އެޑްވެންޗަސް އޮފް އެޑް-އަ މަމާ" ބިނާވެފައިވަނީ އާލިއާގެ އަމިއްލަ އަންނައުނު ބްރޭންޑްގެ ފޮތްތަކަށެވެ.
އިންޑިއާގެ ކާމިޔާބު ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ފިލްމު އުފައްދާ ކުންފުނި "އިޓާނަލް ސަންޝައިން"އިން ކުޑަކުދިންގެ ވާހަކަތަކަށް ހާއްސަ އައު މަޝްރޫޢެއް އިއުލާންކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ތިން އުފެއްދުމެއް ގެނެސްދޭނެކަން އިއުލާނުކޮށްފައިވާއިރު އެ އުފެއްދުންތައް ގެނެސްދޭނީ "އިޓާނަލް ކިޑްސް" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށް ހުޅުވި އާ ގޮތްޕަކުން ކަމަށް އާލިއާ ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި މިކަން ހިއްސާކުރަމުން އާލިއާ ބުނެފައި ވަނީ، އެ ކުންފުނީގެ ދަށުން މިހާރުވެސް ތިން މަޝްރޫޢެއްގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"އަހަރެމެންގެ ޕްރޮޑަކްޝަން ހައުސްއަށް މިވަނީ އައު މެންބަރަކު އިތުރުވެފައި. އެއީ 'އިޓާނަލް ކިޑްސް'. މިހާރު ވެސް ވަރަށް ޝައުގުވެރި ތިން މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށް،" އާލިއާ ސޯޝަލް މީޑީއާގައި ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.
މިގޮތުން އެންމެ ފުރަތަމަ ގެނެސްދޭނީ، "ސީ އެންޑް ޖީ"،"އެމް އޫލަންގޫ" އަދި "އެޑްވެންޗަސް އޮފް އެޑް-އަ މަމާ" ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފުރަތަމަ ގެނެސްދޭ "ސީ އެންޑް ޖީ އެންޑް އެމް" ތައްޔާރު ކުރަނީ އާލިއާގެ ކާފަ އުފައްދާފައިވާ ޝަހުސިއްޔަތުތަކާއި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އާލިއާ ވަނީ ބުނެފައެވެ.
އާލިއާ ދައްތަ ޝާހީން ބަޓްއާ އެކު--ފޮޓޯ/ޕީޕިންގްމޫން
އާލިއާ އިތުރަށް ބުނިގޮތުގައި މިއީ އޭނާ އާއި އޭނާގެ ދައްތަ ޝާހީން ބަޓް ކުޑައިރު ކާފަގެ ފަރާތުން އަޑުއެހި، ވަރަށް ހަނދާން އާވާ ވާހަކަތަކެކެވެ. "އޫލަންގޫ" އަކީ އާލިއާގެ މަންމަ އަމިއްލައަށް ލިޔެފައިވާ، ތަފާތު ކެރެކްޓާއެއް އެކުލެވޭ ވާހަކައެއް ކަމަށާއި، ތިންވަނަ ވާހަކަ "އެޑްވެންޗަސް އޮފް އެޑް-އަ މަމާ" އަކީ އާލިއާގެ ކުޑަކުދިންގެ އަންނައުނު ބްރޭންޑާ ގުޅުވައިގެން ނެރެފައިވާ ފޮތްތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒްއެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އާލިއާ ވަނީ 2024 ވަނަ އަހަރު "އެޑް ފައިންޑްސް އަ ހޯމް"ގެ ނަމުގައި ލިޔުންތެރިއެއްގެ ގޮތުގައި ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތެއް ނެރެފައެވެ. މީގެއިތުރުން ބަތަލާ އަންނަނީ 'އެޑް އަ މަމާ'ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އަންނައުނު ބްރޭންޑެއް ވެސް ތައާރަފްކޮށް ހިންގަމުންނެވެ.