ލަންކާގައި ތެލުގެ އަގު ދެވަނަ ފަހަރަށް ބޮޑުކޮށްފި

ސްރީ ލަންކާގައި ތެލުގެ އަގު ވަނީ ދެ ވަނަ ފަހަރަށް ބޮޑުކޮށްފައި. ފޮޓޯ/ރޮއިޓާސް

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއެކު، ސްރީ ލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ދެ ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ތެލުގެ އަގު 25 ޕަސެންޓަށް އުފުލިފައިވާއިރު، މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފައިވެއެވެ. ލަންކާ ސަރުކާރުން ވަނީ ތެޔޮ ބޭނުންކުރުން ހަނިކުރުމަށާއި، އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

  • ތެލުގެ އަގު 25 ޕަސެންޓުން ބޮޑުކުރުން.
  • ތެޔޮ ބޭނުންކުރުން ހަނިކުރުމަށް ރޭޝަނިން ތައާރަފްކުރުން.
  • ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބާރުއެޅުން.
  • މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަކަތައިގެ ސަޕްލައި ކަށަވަރުކުރުމަށް ސަރުކާރުން ތައްޔާރުވުން.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސްރީ ލަންކާގައި ތެލުގެ އަގު ދެ ހަފުތާ ތެރޭގައި ދެވަނަ ފަހަރަށް ބޮޑުކޮށްފިއެވެ.

އެ ގައުމުގައި ތެލުގެ އަގު މިހާރު ވަނީ 25 ޕަސަންޓަށް އުފުލިފައެވެ.

މިގޮތުން ކުރިން 317 ރުޕީސްއަސް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއް 398 ރުޕީސް (1.30 ޑޮލަރު) އަށް ބޮޑުކޮށްފައިވާއިރު، އާންމު ދަތުރުފަތުރުތަކުގައި ބޭނުންކުރާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 79 ރުޕީސް އިން 382 ރުޕީސް އަށް ބޮޑުކޮށްފައެވެ.

މިދިޔަ ހަފުތާގައި އެ ގައުމުގެ ސަރުކާރުން ވަނީ ރީޓެއިލް ތެލުގެ އަގު އަށް ޕަސެންޓް ބޮޑުކުރުމަށް އަމުރުކޮށް، ބޭނުންކުރުން ހަނިކުރުމަށް ރޭޝަނިން ތައާރަފްކޮށްފައެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި ބަދަލާއެކު ތެޔޮ ބޭނުންކުރާ މިންވަރު 15 އާއި 20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށް." ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭ މިދިޔަ ހަފްތާގައި އެމީހުންނަށް ވިދާޅުވީ މެދުއިރުމަތީގައި ދިގުދެމިގެންދާ ހަމަނުޖެހުމަކަށް ތައްޔާރުވާން ޖެހޭ ކަމަށާއި އެއީ ޖަޒީރާގެ ހަކަތަ ފޯރުކޮށްދިނުމަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ދިގު މުއްދަތަކަށް ހިނގަމުންދާ ހަނގުރާމަ ހިނގައިދާނެ ކަަމަށް ބަލައި، ހަކަތައިގެ ދާއިރާ ތައްޔާރަށް އޮންނަން ޖެހޭ ކަމަށް ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ ލަންކާ އިން ވަނީ މިދިޔަ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ރަސްމީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނަމަ، އެގޮތަށް މަސައްކަތް ކުރުމަށް ހިތްވަރުދީފައިވެއެވެ. މި ނޫނަސް ތެޔޮގެ ޚަރަދު ކުޑަ ކުރަން ލަންކާގައި ގިނަ ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.

ލަންކާއަކީ ބޭރު ގައުމުތަކުން ތެޔޮ އެތެރެކުރާ ގައުމެކެވެ.

ލަންކާއިން އާންމުކޮށް ޕެޓްރޯލިއަމް ސިންގަޕޫރާއި މެލޭޝިއާ އަދި ދެކުނު ކޮރެއާ އިން ގަންނައިރު، ސާފު ނުކުރާ ތެޔޮ ގަންނަނީ މެދުއިރުމަތިންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2022 ވަނަ އަހަރު ކުރިމަތިލާން ޖެހުނު އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ބުރޫއަރާފާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ލަންކާގެ ބޭރު ފައިސާ ހުސްވެ، 2022 ވަނަ އަހަރު ކުރިމަތިލާން ޖެހުނު އިގްތިސާދީ ހީނަރުކަމުގައި ލަންކާއަށް ވަނީ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުފުއްދިފައެވެ. އިގްތިސާދީ ދަތިކަަމުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް