އދ ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

އދ ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ.

މިއީ ރާއްޖޭގެ އުފެއްދުމެއް އދ ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

މި ތުނޑު ކުނަލަކީ ދިވެހިރާއްޖެއިން އދ ގެ މައި މަރުކަޒަށް ހަދިޔާކުރި ހަނދާނީ ހަދިޔާއެކެވެ.

ރާއްޖޭގެ ތުނޑު ކުނަލެއް އދ ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، 2024 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.

އދ ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، މިއަދު އދ ގެ މައިމަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ.

މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އދ ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެކެވެ.

މި ތުނޑު ކުނާ ފަރުމާކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ. ގައްދޫގެ ބޭފުޅެކެވެ.

comment ކޮމެންޓް