ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ކަމުގައިވާ ދިރާގު 3X3 ޗެލެންޖް ފޯރިއާއެކު ނިންމައިލައިފިއެވެ.
އެ މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ ހަފުތާގެ އާދިއްތައިން ފެށިގެން ހޮނިހިރު ދުވަހަށް، ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައެވެ.
އެ މުބާރާތް އިންތިޒާމުކުރީ ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީންނެވެ. ދިރާގުން ބުނި ގޮތުގައި އެ މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
އެ މުބާރާތައް މި އަހަރު ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން، އެ މުބާރާތުގައި ޖުމްލަ 448 ކުޅުންތެރިން ވަނީ 112 ޓީމަކުން ބައިވެރިވެފައެވެ.
އެ މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ:
އަންހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސްވިޝް
- 10 އަހަރުން ދަށް: ބްލޫ ޕެންތަރސް
- 12 އަހަރުން ދަށް: ވޮރިއަރސް
- 14 އަހަރުން ދަށް: ދި ލޭކަރސް
- 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
- 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
ފިރިހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސުޕަ ސްޓްރައިކަރސް
- 10 އަހަރުން ދަށް: ހޮޓްވީލަރސް
- 12 އަހަރުން ދަށް: ސިލްވަރ ބްލޭޒަރ
- 14 އަހަރުން ދަށް: އަރޗަރސް ބީސީ
- 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް
- 18 އަހަރުން ދަށް: ލޭޒަރ
އަންހެން ޑިވިޝަން
- އަންހެން އޯޕަން: ސެސަމޭ
- ޕޭރަންޓްސް: އަންރޭންކްޑް
ފިރިހެން ޑިވިޝަން
- ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗަރސް
- ފިރިހެން ޑިވިޝަން 2: ލައްޓި
- ޕޭރަންޓްސް: ބޯލް ބަޑީސް
ދިރާގުން ވަނީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގުބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި އެ ކުންފުނިން ބައިވެރިވާކަން ފާހަގަކޮށްފައެވެ. އަދި ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.