އެންމެ ހޫނު ދުވަސްތައް ފެށިއްޖެ؛ އިހުސާސް ކުރެވޭ ހޫނުމިން އެންމެ މަތިވާނީ މެންދުރު 2:00ގައި

ހޫނު ގަދަ ދުވަހެއްގައި ބަޔަކު ކުޑަ ނަގައިގެން: މި ދުވަސްވަރު އިހުސާސް ކުރެވޭ ހޫނުމިން ވަނީ މައްޗަށް ދާން ފަށާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ހޫނުމިން ވަނީ އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައެވެ. ވައިގެ ތެތްކަން މަތިވެ، ވިލާ މަދުވުމުގެ ސަބަބުން ހޫނު އިހުސާސް ކުރެވޭ މިންވަރު އިތުރުވެފައިވެއެވެ. މިއީ އަހަރުގެ މި ދުވަސްވަރު އާންމުކޮށް ހިނގާ ކަމެއް ނަމަވެސް، މެންދުރު 2:00 ހާއިރު ހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 34 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ހޫނުމިން ހުރިކަން ރެކޯޑުތަކުން ދައްކައެވެ.

  • މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖޭގައި ހޫނު ގަދަ ދެ މަސް
  • މެންދުރު 2:00 ހާއިރު ހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ
  • މާލެ ސަރަހައްދުގައި ހޫނުމިން 36 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި
  • ވައިގެ ތެތްކަން މަތިވެ ވިލާ މަދުވުމަކީ ހޫނު އިތުރުވާ ސަބަބުތައް

މި ދުވަސްވަރު އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށާފައިވާ ކަމަށާއި ހޫނުމިން އެންމެ މަތިވާނީ މެންދުރު 2:00ގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

ކޮންމެ އަހަރަކު ވެސް އާންމުކޮށް، އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަނީ، މާރިޗު މަހާއި އޭޕްރީލް މަހުގައެވެ.

https://sun.mv/218458

މެޓުން މިއަދު ބުނީ، މި ދުވަސްވަރު ވިލާ މަދުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފެހެއްޓިފައި ހުންނަ ކަމަށެވެ. ދުވާލުގެ ހޫނުމިން މައްޗަށްދާ މިންވަރާއި ރޭގަނޑު ފިނިކަން ދަށްވާ މިންވަރާ އަޅައިބަލާއިރު، ފަރަގު ކުޑަވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެހެންވެ، އިހުސާސް ކުރެވޭ ހޫނުމިން މައްޗަށްދާ ކަމަށް މެޓުން ބުނެފައިވެއެވެ.

ހޫނު ދުވަހެއްގައި ބަޔަކު މަގުމަތީގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިގޮތުން، އަންނަ މަހު އާންމުކޮށް ހުންނަ ވަރަށް ވުރެ، ފިނި ހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ލަފާކުރިއެވެ.

އެ އިދާރާއިން ބުނި ގޮތުގައި، ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރު 2:00ގައެވެ.

މިއަދުގެ ހޫނުމިނަށް ބަލާއިރު، އިހުސާސްކުރެވޭ ހޫނުމިން އެންމެ މަތީގައި ހުރީ، މާލެ ސަރަހައްދުގައެވެ. މި ސަރަހައްދުން ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައި ކަމަށް މެޓުން، 11:00ގައި އާންމުކުރި ރެކޯޑުތަކުން އެނގެއެވެ.

އުތުރުން ހަނިމާދޫގައި ހޫނުމިން ހުރީ، 34.9 ޑިގްރީ ސެލްސިއަސްގައި ކަމަށްވާއިރު، ކައްދޫގައި އެ އަދަދު ހުރީ 34.2 ޑިގްރީ ސެލްސިއަސްގައެވެ. އަދި، މިއަދު ލ. ގަމަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 34.5 ޑިގްރީ ސެލްސިއަސްގައެވެ.

އިހުސާސް ކުރެވޭ ހޫނު މިން މައްޗަށް ދާން ފަށާފައިވާއިރު، މި ދުވަސްވަރަކީ ރޯދަ މަހަށްވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް