ބަންޑާރަ މިސްކިތް ހިމާޔަތްކުރަން މަޖިލީހަށް އީ ޕެޓީޝަނެއް

ބަންޑާރަ މިސްކިތް ތަޅާނުލައި ހިމާޔަތްކުރަން މަޖިލީހަށް އީ ޕެޓީޝަނެއް --

މާލޭގައި ހުންނަ ތާރީޚީ ބަންޑާރަ މިސްކިތް (މަސްޖިދުލް ސުލްތާން މުޙައްމަދު ޝަމްސުއްދީން) ތަޅާލުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މިސްކިތަކީ އާސާރީ ތަރިކައެއް ނޫން ކަމަށާއި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެ، އެ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައި މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަންގައި ބުނެފައިވަނީ، އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންވުމުގެ ހަނދާންތަކާ ގުޅިފައިވާ ހަމައެކަނި ބިނާއަކީ މިއީ ކަމަށެވެ.

  • ބަންޑާރަ މިސްކިތް ތަޅާލައި އާ މިސްކިތެއް އެޅުމަށް ސަރުކާރުން ނިންމައިފި.
  • އިސްލާމިކް މިނިސްޓަރު ވިދާޅުވީ އެތަނަކީ އާސާރީ ތަރިކައެއް ނޫން ކަމަށް.
  • އާންމުންގެ ނުރުހުމާއެކު އެތަން ހިމާޔަތްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުން.
  • ތާރީޚީ ބިނާތައް ނައްތާލުމާ ދެކޮޅަށް ތައުލީމީ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރުން.

ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުލް ސުލްތާން މުޙައްމަދު ޝަމްސުއްދީން ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތް ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީ ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މީގެ ތިން ވަރަކަށް ދުވަސް ކުރީން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހޫމް އަލީ ސައީދު ވަނީ، ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައިގެ ތެރޭ ހިމެނޭ ތަނެއް ނޫން ކަމަށާއި އެހެންކަމުން އެ ތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އަދި، ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އަޅަން ބޭނުންވާ އެހީތެރިކަން، ދީލަތި ފަރާތަކުން ހަމަޖައްސައިދީފައިވާ ކަމަށް މިނިސްޓަރު އޭރު ވަނީ ވިދާޅުވެފައެވެ.

https://sun.mv/218805

ބަންޑާރަ މިސްކިތް ތަޅާލައި އެ ތަނުގައި ބޮޑު މިސްކިތެއް އަޅާވާހަކަ މިނިސްޓަރު ވިދާޅުވުމުން ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ވަނީ އެތަން ހިމާޔަތްކުރުމަށް ގޮވާލާ، އެކަމަށް ފާޑުކިޔާފައެވެ. އެއާއެކު، އަންނަ ކައުންސިލް އިންތިޚާބުގައި މާލޭގެ މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ހުސައިން ފުރުޝާން ވަނީ އެކަމާ ގުޅުވާ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

އޭނާ ހުށަހަޅާފައިވާ ޕެޓިޝަނިގައި ވަނީ މާލޭ ބަންޑާރަ މިސްކިތް އެންމެ ޚާއްވަނީ އިނގިރޭސި ޙިމާޔަތުގެ އަޅުވެތިކަމަށް ދިޔުމާ އަދި އެ އަޅުވެތިކަމުން މިނިވަންވުމާ ބަންޑާރަ މިސްކިތާ ގުޅިފައިވާތީ ކަމަށެވެ. އަދި، އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންވުމާއި ގުޅިފައިވާ ހުރިހާ ތަނެއް މިހާރު ނައްތާލެވިފައިވާ ކަމަށާއި އެ ހަނދާންތައް މިހާރު ހަމައެކަނި ފެންނަން ހުރި ބިނާއަކީ ބަންޑާރަ މިސްކިތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

މާލޭގައި ހުންނަ ދުވަސްވީ ބަންޑާރަ މިސްކިތް ތަޅާލަން ސަރުކާރުން ނިންމައިފައިވާތީ، އެ މިސްކިތުގެ ތާރީޚަށް އަލިއަޅުއްވާލައްވައި، އެ މިސްކިތް ތަޅާލުމަކީ ތަރިކައެއް ނައްތާލުން ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.

https://sun.mv/218819

ޑރ. ޙަސަން ވިދާޅުވީ، ތާރީޚީ ބިނާތަކަކީ ވަރަށް މުހިއްމު ތަންތަން ކަމަށެވެ. ނަމަވެސް، ބޭރުގެ ގޮތްތަކަށް ހިތާވެފައިވާ ބައެއް ދިވެހީން'' ދިވެހި ތާރީޚަށާއި ދިވެހި ގައުމަށް އެއްވެސް ލޯތްބެއް ނެތްކަން އޭނާއަށް ފާހަގަކުރެފިވައި ވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް