މި ރޯދަމަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އަދި 18 ވަނަ ދުވަހު އެކަންޏެވެ. މި ދެ ދުވަހު ވެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. މީގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ހަމަ މި ގަޑިތަކުގައި ބްރާންޗުތައް ހުޅުވާފައި ހުންނާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ. ނަމަވެސް، އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
- ރޯދަމަހުގެ ފަހު ދިހައިގައި ބްރާންޗުތައް ހުޅުވާނީ މި މަހުގެ 11 އަދި 18 ވަނަ ދުވަހު.
- ބްރާންޗުތަކުން ޚިދުމަތް ލިބޭނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށް.
- ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ހަމަ މި ގަޑިތަކުގައި ޚިދުމަތް ލިބޭނެ.
- ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބޭނެ.
- ބޭންކުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ވެސް ލިބެން ހުންނާނެ.
މި ރޯދަމަހުގެ ފަހު 10 ގައި ބޭންކުގެ ބްރާންޗުތައް ހުޅުވާނީ މި މަހުގެ 11 އަދި 18ގައި ކަމަށް އެ ބޭންކުން ބުނެފިއެވެ.
މި ދެ ދުވަހު ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30އަށެވެ. އެހެންނަމަވެސް ބޭންކުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެއެވެ.
ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ބްރާންޗުތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30އަށް ހުޅުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލުން ވަނީ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމް ކޮށްފައެވެ. އެހެންކަމުން އެ ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެއެވެ.
އެހެން އަހަރުތަކާ އެއްގޮތަށް، މި ރަމަޟާން މަހުގައި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތުގެ ވަގުތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.