ދިވެހިރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޗައިނާގެ ޒެޖިއަން ޔުނިވާސިޓީގައި ޕީއެޗްޑީ ފުރިހަމަކުރުމަށް ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން އެޕްލައިޑް އިކޮނަމިކްސް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމަށް ޝަރުތު ހަމަވަނީ ކަމާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
- ޗައިނާގެ ޒެޖިއަން ޔުނިވާސިޓީގައި ޕީއެޗްޑީ ހެދުމަށް ދެ ދާއިރާއަކުން ފުރުސަތު ހުޅުވާލުން.
- އެޕްލައިޑް އިކޮނަމިކްސް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔެވޭނެ.
- ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވާ ބުދަ ދުވަހުގެ 12:30.
- ޝަރުތަކީ ކަމާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވުން.
- އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.
ޗައިނާގައި ދެ ދާއިރާއަކުން ޕީއެޗްޑީ ފުރިހަމަކުރަން ދިވެހި ދަރިވަރުންނަށް އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.
ޗައިނާގެ ޒެޖިއަން ޔުނިވާސިޓީގެ، އިންސްޓިޓިއުޓް އޮފް ގްލޯބަލް ޑިވެލޮޕްމަންޓްގެ ދެ ކޯހަކަށް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެއީ، ޕީއެޗްޑީ އިން އެޕްލައިޑް އިކޮނަމިކްސް އަދި ޕީއެޗްޑީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވާ ބުދަ ދުވަހުގެ 12:30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ކޯހަށް ޝަރުތު ހަމަވާނީ އެ ކޯސްތަކާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި، ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނީ ދެ ކޯހުންކުރެ ކޮންމެ ވެސް އެއް ކޯހަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް މި ކޯސްތަކަށް ކުރިމަތިލެވޭނެއެވެ.
މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓާއި ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.