ޓީ ޓުވެންޓީ ވޯލްޑްކަޕުގެ ތަށި މިފަހަރުވެސް އިންޑިއާއަށް

ޓީ ޓުވެންޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިއާ--

އިންޑިއާގެ އަހުމަދު އާބާދުގައި ކުރިއަށްދިޔަ ޓީ ޓުވެންޓީ ވޯލްޑްކަޕްގެ ފައިނަލް މެޗުގައި ނިއުޒިލެންޑް ބަލިކޮށް އިންޑިއާއިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ. މި މެޗުގައި 96 ލަނޑުގެ ތަފާތުން މޮޅުވެ، އިންޑިއާއިން ވަނީ ޓީ ޓުވެންޓީގެ ތަށި ދިފާއުކުރި ފުރަތަމަ ފިރިހެން ޓީމުގެ ޝަރަފު ހޯދާފައެވެ. މެޗުގައި އިންޑިއާއިން ހުށަހެޅި މޮޅު ކުޅުމާއެކު ނިއުޒިލެންޑަށް ލިބުނު ލަނޑުތައް ހަމަނުވެ މެޗު ނިމުނީ އިންޑިއާގެ ކާމިޔާބީއާއެކުގައެވެ.

  • ފައިނަލް މެޗުގައި އިންޑިއާއިން 96 ލަނޑުން ނިއުޒިލެންޑް ބަލިކުރި.
  • އިންޑިއާއިން ފުރަތަމަ ކުޅެ 255 ލަނޑު ހެދި.
  • ސަންޖޫ ސެމްސަން 89 ލަނޑު އަދި އިޝާން ކިޝާން 54 ލަނޑު ހެދި.
  • ނިއުޒިލެންޑަށް 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑު.
  • މިއީ ޓީ ޓުވެންޓީ ވޯލްޑްކަޕްގެ ތަށި ދިފާއުކުރި ފުރަތަމަ ފިރިހެން ޓީމެވެ.

ފައިނަލުގައި ނިއުޒިލޭންޑް ބަލިކޮށް ޓީ ޓްވެންޓީ ކްރިކެޓް ވޯލްޑްކަޕްގެ ޗެމްޕިއަންކަން މިފަހަރުވެސް އިންޑިއާއިން ހޯދައިފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް އިންޑިއާއެވެ. އެ ޓީމުން ތަށި ދިފާއުކޮށްފައިވަނީ ފައިނަލުގައި ނިއުޒިލެންޑާ ވާދަކޮށް 96 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

އިންޑިޔާގެ އަހުމަދު އާބާދުގެ ނަރެންދްރާ މޯޑީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ނިއުޒިލެންޑު ނިންމީ ހޮވުމަށެވެ. އެއާއެކު އިންޑިއާއިން ވަނީ މި އިނިންގްސްގައި ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 255 ލަނޑު ހަދާފައެވެ.

އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައިން 89 ލަނޑު ހެދި ސަންޖޫ ސެމްސަންއާއި 25 ބޯޅައިން 54 ލަނޑު ހެދި އިޝާން ކިޝާނެވެ.

ޖަވާބުގައި ނިއުޒިލެންޑް ކުޅެން އަރާ 19 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 159 ލަނޑު ހެދިއެވެ. ނިއުޒިލެންޑަށް އިން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 52 ލަނޑު ހެދި ސޭފާޓް އާއި 35 ބޯޅައިން 43 ލަނޑު ހެދި ސެންޓްނާއެވެ.

މިއީ ފިރިހެން ކެޓަގަރީގެ ޓީމަކުން ޓީ ޓުވެންޓީގެ ތަށި ދިފާއުކުރި ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު