އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ތޮލާލު ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލު އެތްލެޓިކްސް އެސޯސިއޭޝަންގެ މަގާމެއް ފުރުއްވަމުން ގެންދާ ކަމަށް ބުނެ އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް އެކޮމިޝަންގެ ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.

ތޮލާލު ވަނީ އޭނާގެ އަމިއްލަފުޅު ޓުއިޓާ އެކައުންޓްގައި ވެސް އެކަން ބަޔާންކުރައްވަފައިފަ އެވެ.

"ވަކި ކުރި ސަބަބަކީ މުވައްޒަފުން ކުރި އިހުތިޖާޖާ ގުޅިގެން ބަދަލު ހިފުމަށް އަދި 2013ގައި ބާއްވާ ރިޔާސީ އިންތިހާބްގައި އަހަރެމެން ތިބިގެން މަކަރު ނުހެދޭނެތީ،" ތޮލާލު ޓިއުޓްކުރައްވާފައިވެ އެވެ.

ތޮލާލު ވިދާޅުވީ ވަޒީފާ އިން ވަކިކޮށްފައިވާ ކަމުގެ ޗިޓް މިއަދު އޭނާއާ ހަވާލުކޮށްފައިވާ އިރު އެ ޗިޓްގައި އޮތީ އެ ކޮމިޝަންގެ ވަޒީފާގައި ހުރެ އެހެން ތަނެއްގެެ ވަޒީފާ އަދާކުރަމުން ދާތީ މިއަދުން ފެށިގެން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަޒީފާ އިން ވަކިކުރުުމުގެ ކުރިން އޭނާ އަށް އެއްވެސް ނޯޓިސްއެއް ދީފައިނުވާ ކަމަށާއި އެތުލެޓިކްސް އެސޯސިއޭޝަންގައި އޭނާ ފުރުއްވަމުން ގެންދަވާ މަގާމަކީ މުސާރައެއް ހަމަޖެހިގެން ވަޒީފާއެއްގެ ގޮތުގައި އަދާކުރަމުން އަންނަ ވަޒީފާއެއް ނޫން ކަމަށެވެ.

"އެ ޗިޓްގައި އޮންނަނީ އެހެން ފަރާތެއްގައި ވަޒީފާއެއް އަދާތީ ކުރާ ކަމަށް. ނަމަވެސް އެތުލެޓިކްސް އެސޯޝިއޭޝަނަކީ ޖަމިއްޔާއެއް، އެތަނުގައި ބައިވެރިވުމަކީ ގާނުން ލިބިދޭ ހައްގެއް، ދެން އަނެއްކާ ދެ ތަނުން އެެއް ތަން އިހުތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބިދޭން ޖެހޭނެ. އެ ފުރުސަތެއް ވެސް ނުދިން،" އެތުލެޓިކްސް އެސޯޝިއޭޝަންގެ ރައީސް ކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ތޮލާލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުލްސައްތާރު ވިދާޅުވީ ތޮލާލު ވަޒީ ފާއިން ވަކިކޮށްފައި ވަނީ އިލެކްޝަންސްގެ ގަވާއިދާ އެއްގޮތަށް ކަމަށާއި ނަމަވެސް ވަޒީފާ އިން ވަކިކުރި ސަބަބު، ވަޒީފާ އާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގެ ށ.ގެ ދަށުން އަންގަން ޖެހެނީ އެ މީހަކަށް ކަމަށެވެ،

"ވަޒީފާ އިން ވަކިކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ގަވާއިދާ އެއްގޮތަށް. އެގަވާއިދަށް ހިލާފުވެފައިވާކަން ކޮމިޝަނަށް ވަނީ ހާމަވެފައި،" އާސިލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު