އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް

އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް -- ފޮޓޯ/ ބީއެމްއެލް

އޮއިވަރު މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެެލް) ހަމަޖައްސައިފިއެވެ.

އޮއިވަރު މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މެއި މަހުގެ 16 އަދި 17 ވަނަ ދުވަހު ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

ބޭންކުން ބުނި ގޮތުގައި މި ކޮންފަރެންސްގެ މަގްސަދަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި، ދިރާސާވެރިން އަދި މި ދާއިރާގެ އެކި އެކި ފަރާތްތަކާއެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި، މަޝްވަރާތައްކޮށް މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.

އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް -- ފޮޓޯ/ ބީއެމްއެލް

ބޭންކުން ބުނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޭންކް އޮފް މޯލްޑިވްސްއިން މުހިންމު އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއެރުވުމަށްވެސް ބޭންކުން އިސްކަންދޭ ކަމަށެވެ.

comment ކޮމެންޓް