ކައުންސިލާއި ޑަބްލިއުޑީސީން ޕީއެންސީން 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ: ފަލާހު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް: ފަލާހް ވިދާޅުވީ، އިންތިޚާބުގައި 800 ނުވަތަ 900 ގޮނޑި އެ ޕާޓީން ކާމިޔާބު ކުރާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގައި، ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުން އުނިކުރުމަށްފަހު މިހާރު ވާދަކުރަނީ ޖުމްލަ 2,962 ކެންޑިޑޭޓުންނެވެ.

މި މަހުގެ ކުރީކޮޅު ފަލާހު ވިދާޅުވީ، އިންތިޚާބުގައި ޕީއެންސީން 80 ޕަސެންޓު ކާމިޔާބު ކުރާނެ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.

ޕީއެންސީގެ މާފަންނު ކެމްޕެއިން އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ފަލާހު ވަނީ، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ދެއްވާފައެވެ.

އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ ގޮތުން، މި ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ހުރި ނަމަވެސް އިންތިޚާބުގައި ގިނަ ޕާޓީތަކުން ވާދަކޮށްފައި ނުވާ ކަމަށެވެ.

އިންތިޚާބުގައި ވާދަކޮށްފައި ވަނީ އެމްޑީޕީއާއި ޕީއެންސީކަން ފާހަގަކުރައްވައި، ފަލާހު ވިދާޅުވީ، 'ތަންކޮޅެއް އަޑުގަދަކޮށް' އުޅޭ ޕާޓީތަކުން އެއްވެސް ކެންޑިޑޭޓުން ކުރިމަތިލައިފައިނުވާ ކަމަށެވެ.

ނަމަވެސް، ގިނަ އަދަދަކަށް މިނިވަން ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކޮށްފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ.

ޕީއެންސީން ބޭއްވި ޖަލްސާއެއްގެ ތެރެއިން: އެ ޕާޓީން 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ޕީއެންސީން ވަނީ ބުނެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ހަފުލާގައި ފަލާހު ވަނީ، އިދިކޮޅު މައި ޕާޓީއަށް އެމްޑީޕީއަށް ވެސް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ޕީއެންސީއާއި އެމްޑީޕީއަކީ ވަރަށް ތަފާތު ދެ ވިސްނުމެއްގެ ޕާޓީތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ޕާޓީން ގެންގުޅޭ ސިޔާސަތުތަކާއި ވިސްނުމާއި އުޅުން ވެސް ވަރަށް ބޮޑަށް ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވަނީ، ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް 98 ޕަސެންޓު ލިބޭނެ ކަމަށް ލަފާކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ، 69 ގޮނޑި ކާމިޔާބުކޮށްފައެވެ.

https://sun.mv/217954

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިޚާބު އޮތްއިރު، އެ އިންތިޚާބުގައި 226 ދާއިރާއަކަށް ކައުންސިލަރުން ހޮވާނެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާނެއެވެ.

އެ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން އަންނަނީ ބޮޑެތި ކެމްޕެއިންތަކެއް ކުރަމުންނެވެ. އެ ކެމްޕެއިންތަކުގެ ތެރެއިން، އަންނަނީ އެކި ޕާޓީތަކުން އަންނަނީ އިދިކޮޅަށް ރައްދުތައް ވެސް ދެމުންނެވެ.

comment ކޮމެންޓް