ރޯދަ މަހު، ސަރުކާރުގެ ރަސްމީ ގަޑިއަކީ، ހެނދުނު 9 އިން މެންދުރު 1

ސަރުކާރުގެ ވަޒީރުންގެ ބައްދަލުވުމެއްގެ ތެރެއިން: -- ފޮޓޯ/ ރައީސް އޮފީސް

އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތައް މިއަދު އާންމުކޮށްފިއެވެ.

އެ އޮފީހުން ބުނި، ގޮތުގައި، ރޯދަ މަހު ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ ރަސްމީ ގަޑިއަކީ، ހެނދުނު 09:00 އިން 13:00އަށެވެ.

ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނުވަތަ ހަ ރޯދައިގެ ދުވަސްތަކުގައި ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ، އެ ގަޑީގައި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ވެސް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތައް ހުޅުވީ، އެ ގަޑިތަކުގައެވެ.

އާއްމު މަސްމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަނޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.

މީގެ އިތުރުން މި ސަރުކާރު އައި ފަހުން ރޯދަ މަހުގެ ފަހު 10 ދުވަސް އެއީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް