އިންޑޮނޭޝިއާގެ ދެކުނުގައި އޮންނަ ޕަޕުއާ ޕްރޮވިންސަށް ޖައްސަން އުޅުނު މަތިންދާބޯޓަކަށް ބަޑީގެ ހަމަލާއެއް އަމާޒުވެ ބޯޓު ދުއްވަންތިބި ދެ ޕައިލެޓުން ވެސް މަރުވެއްޖެއެވެ.
ދެ ޕައިލެޓުން މަރުވުމުގެ އިތުރުން އެ ބޯޓުން ދަތުރުކުރި 13 ފަސިންޖަރުންނަށް ވީ ގޮތެއް އަދި ސާފުނުވެއެވެ.
އެ ހާދިސާގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ދަމައި ކާޓެންޒް ޓާސްކް ފޯސްގެ ހެޑް އޮފް އޮޕަރޭޝަންސް ފައިޒަލް ރަހުމަދާނީ ވިދާޅުވިއެވެ.
ތަހުގީގު ކުރިއަށް ގެންދިއުމަށް ޕަޕުއާގެ ބޭރުން އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ރަހުމަދާނީ ވިދާޅުވިއެވެ.
ސްމާޓް އެއާ އިން އޮޕަރޭޓް ކުރާ މި މަތިންދާބޯޓު ފުރައިގެން ދިޔައީ ބޮވެން ޑިގޯއެލް ރީޖެންސީގެ ޓަނާ މެރާ އިންނެވެ.