ކާވާ ކުލަބު މުބާރާތުގެ ޗެމްޕިއަންކަން އިރާނުގެ ފުލާދު ސެޕަހާާންއަށް

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުލާދު ސެޕަހާންއަށް ތަށި ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ސަން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ އަންހެން ކުލަބު މުބާރާތް ކަމަށްވާ ކާވާ ވިމެންސް ލީގުގެ މިއަހަރުގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އިރާނުގެ ފުލާދު ސެޕަހާން ހޯދައިފިއެވެ.

މި ނަތީޖާއާއެކު ސެޕަހާން ވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ކުލަބު މުބާރާތުން ފުރުސަތު ލިބިފައެވެ. ނިމިދިޔަ މި މުބާރާތަކީ އޭވީސީ ކުލަބު މުބާރާތުގެ ކޮލިފައިން މުބާރާތެކެވެ.

ރާއްޖޭގެ ދެ ޓީމު ކަމަށް ކުލަބު ވެމްކޯއާއި ހުރާ ކޮމިއުނިޓީ ކުލަބުވެސް މި މުބާރާތުގައި ވާދަކުރިއެވެ. ނަމަވެސް ގްރޫޕް ފިޔަވަހިން ދިވެހި ދެ ޓީމަށް ވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

ކާވާ ވިމެންސް ލީގު 2026 ގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ޖުމްލަ ހަތް ޓީމާއެކު ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗު ފުލާދު ސެޕަހާން ކާމިޔާބުކޮށްފައިވަނީ ކަޒަކިސްތާނުގެ ތުރާން ވީސީއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ތުރާން ކާމިޔާބުކޮށްފައިވަނީ 25-22, 25-20 އަދި 25-20 އިންނެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މީގެއިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އިސްވެރިންނާއި ކުޅިވަރު ވުޒާރާގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މުބާރާތުގެ ޑްރީމް ޓީމު

މީގެއިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިރާނުގެ ފުލާދު ސެޕަހާންގެ ޕޫރްސަލާހް ޝާހްދެސާރީ އެވެ.

މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ 2024 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކާވާ ކުލަބު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނޭޕާލް ޕޮލިސް ކުލަބެވެ.

މިއަހަރު މުބާރާތުގެ ތިންވަނަ އެ ޓީމަށް ލިބިފައިވަނީ ބްރޮންޒް މެޑަލް މެޗުގައި ލަންކާާގެ ހައިދަރުމާނީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ވަނީ ގެނެސްދީފައެވެ..

މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދިނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ.

ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު